އެއާޕޯޓުގައި ކޮރޯނާ ވައިރަސްއަށް ސްކްރީން ކުރަން ފަށައިފި
Share
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކޮރޯނާ ވައިރަސްއަށް ސްކްރީން ކުރަން ފަށައިފިއެވެ.
Advertisement

ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ އެވައިރަސް ފެތުރިދާނެ ކަމަށް ބަލައި ރާއްޖޭގައި ރައްކާތެރިވުމުގެ މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ރާއްޖެއަކީ ކޮންމެ ދުވަހަކުން އެކި ގައުމުތަކުން މީހުން ޒިޔާރަތް ކުރާ ގައުމެއްކަން ފާހަގަކުރައްވާ މިނިސްޓަރު އަމީން ވިދާޅުވީ ވައިރަހުން ރައްކާތެރިތެރިވުމަށް އެންމެ ފުރަތަމަ ރާއްޖޭގެ އެއާޕޯޓާ ހިސާބުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އިސްކަމެއް ދެއްވާކަމަށެވެ.

އެއަށްފަހު އެވައިރަސް ނުވަތަ އެއާ ބެހޭ ކަމެއް ފެނިއްޖެ ނަމަ ދެން އަމަލުކުރަންޖެހޭ ގޮތްތަކާ މެދުވެސް މިހާރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ޑަބްލިއުއެޗްއޯ އާ ވާހަކަ ދެކެވި ކަންކަން މިހާރު އިންތިޒާމު ކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިއަދުން ފެށިގެން އެއާޕޮޓުގައި ސްކްރީން ކުރުމުގެ މަސައްކަތް މިއަދުން ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

"އެގޮތުން ޓާމިނަލް ކެމެރާތައް މެދުވެރިކޮށް ފުރަތަމަ ސްކްރީން ކުރަމުން މިގެންދަނީ، މިހާރު އަޅުގަނޑުމެން ހުރި ވަސީލަތައް ބަލާއިރު އަޅުގަނޑުމެން މި ފަށައިގަންނަނީ އެއް ކެމެރާ އާއެކީ، އެމަކު ކުރިއަށް އޮތް ތިން ހަތަރު ދުވަހު އަޅުގަނޑުމެން ކެމެރާތައް އިތުރުކޮށް އެއާޕޯޓުގައި މިފަށަނީ، އެއާއެކު އައްޑޫ ސިޓީގައި ވެސް ސްކރީން ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާ އައްޑޫ ސިޓީން ވެސް ސްކްރީން ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން" މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން ރާއްޖޭގެ ހުރިހާ ޕޯޓުތައް، ރާއްޖޭގެ ހުރިހާ އެންޓްރީ ޕޮއިންޓުގައި ސްކްރީން ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. 

ސަސްޕެކްޓު ކުރެވޭ މީހެއް ފެނިއްޖެކަމަށްވާނަމަ އައިސޮލޭޓުކުރުމަށްޓަކައި ކުރަންޖެހޭ އިންތިޒާމު ތަކުގެ ތެރެއިން ވަރަށް ގިނަ މަސައްކަތްތައް ހަމަޖެހިފައިވާ ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މާދަމާ ހެނދުނުން ފެށިގެން އެއާޕޯޓުގައި އައިސޮލޭޝަން އޭރިއާއެއް ފާހަގަކުރެވި އެއައިސޮލޭޝަން ތެރެއިން ކުރަންޖެހޭ އިންތިޒާމުތައް މިހާރު ހަމަ ޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ވުހާން ވައިރަހަކީ އިންސާނުން ގައިން އިންސާނުންގެ ގަޔަށް އަރާ ވައިރަސްއެއްކަން ޗައިނާއިން ކަށަވަރުކޮށްދީފައިވާއިރު އެކަމުގައި ހަރަކާތްތެރިވި މެޑިކަލް އޮފިޝަރުން ވެސް އެބަލި ޖެހިފައިވާ ކަމަށް ހަބަރުތަކުން ބުނެއެވެ. 

މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން މިވައިރަހަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބޭރުގެ ހަބަރުތަކުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ޖަޕާނާއި ތައިލެންޑު އަދި ސައުތު ކޮރެއާ ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް