ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު މުވައްޒަފުންނާއި ބައްދަލުކުރެއްވުން: --
ޖަލު އޮޑިޓުގައި ވާ ކަންކަން އިސްލާހު ކުރަން އިސްކަން ދޭނަން: ސީޕީ
Share
ޖަލު އޮޑިޓް ރިޕޯޓުގައިވާ ކަންކަން އިސްލާހުކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެކަމަށް އައު ކޮމިޝަނާ އޮފް ޕްރިޒަންސް (ސީޕީ) އަހުމަދު މުހައްމަދު ފުޅު މޯލްޑިވްސް ކަރެކްޝަންގެ މުވައްޒަފުންނަށް ދަންނަވައިފިއެވެ.
Advertisement

ކޮމިޝަނަރ އޮފް ޕްރިޒަންސް މިގޮތައް ވިދާޅުވީ ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ މުވައްޒަފުންނާއި ކޮމިޝަންޑް އޮފިސަރުންނާ މިއަދު އެމްސީއެސްގެ ހެޑް އޮފީހުގައި މިއަދު ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ. 

ސީޕީއަކީ ޖަލު އޮޑިޓް ރިޕޯޓު އެކުލަވައިލި ކޮމެޓީގެ ވެސް މެންބަރެކެވެ. ޖަލުގައި ހުރި މައްސަލަތައް ބަލައި ހައްލު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވައުދުފުޅެކެވެ. 

ސީޕީގެ މި ބައްދަލުވުން ބޭއްވުމުގެ މައިގަނޑު ބޭނުމަކީ އެމްސީއެސްގެ އިސް ވެރިންނަށް ތައާރަފްވެ، ޖަލުތައް ހިންގުމުގައި ހުރި ދަތިތަކާމެދު މަޝްވަރާކުރުމެވެ. މިގޮތުން ހުރިހާ ޖަލުތަކަށް ޒިޔާރަތްކޮށް  ކަންތައްތައް ގާތުން ބައްލަވާނެ ކަމަށް ސީޕީ ވިދާޅުވިއެވެ. 

މީގެ އިތުރުން އައު ސްޓްރެޓީޖިކް ޕްލޭނެއް އެކުލަވާލުމަށާއި ޖަލުތަކުގެ އޮޑިޓް ރިޕޯޓުން ފާހަގަކޮށްފައިވާ ކަންތައްތައް އިސްލާހުކުރުމަށް އިސްކަންދެއްވާނެ ކަމަށްވެސް ސީޕީ ފުޅު ވިދާޅުވިކަމަށް ކަރެކްޝަންސް އިން ބުނެއެވެ. 

މި ބައްދަލުވުމަކީ ސީޕީ މަގާމާއި އަހްމަދު މުހައްމަދު ފުޅު ހަވާލުވެވަޑައިގަތުމަށްފަހު ބޭއްވި ފުރަތަމަ ބައްދަލުވުމެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް