ads
ޕްރިތީ އޭނާގެ ދަރިފުޅާއިއެކު———
ޕްރިތީގެ ދަރިފުޅު ދައްކާލައިފި
ޕްރިތީގެ ދަރިފުޅު ދައްކާލާފައިވަނީ އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައެވެ. އޭނާ ބުނީ ދަރިފުޅުގެ ކޮންމެ ކަމަކީވެސް އޭނާ ވަރަށް ގަޔާވެގެން ކުރާ ކަމެއް ކަމަށެވެ.

އޭނާއަށް ލިބިފައިވަނީ ޓްވިންސް އެކެވެ. އެއީ އަންހެން ކުއްޖަކާއި، ފިރިހެން ކުއްޖެކެވެ. އެކުދިންނަށް ކިޔާފައިވަނީ ޖިއާ ޒިންތާ ގުޑް އެނަފް، އަދި ޖައި ޒިންތާ ގުޑް އެނަފް އެވެ.

މިއީ 46 އަހަރުގެ ޕްރިތީ އަދި އުމުރުން 44 އަހަރުގެ އޭނާގެ ފިރިމީހާ ޖީން ގުޑް އެނަފްގެ ފުރަތަމަ ދަރިންނެވެ. މިދެކުދިން ހޯދާފައިވަނީ ސެރޮގެސީ މެދުވެރިކޮށެވެ.

އެކަން އިއުލާންކޮށް ޕްރިތީ ބުނީ މިއީ އެދެމީހުންގެ ދިރިއުޅުމުގެ އުފާވެރި ވަގުތެއް ކަމަށާއި އެކަމުގައި އެހީތެރިކަން ފޯރުކޮށްދިން ޑޮކްޓަރުންނާއި ނަރުހުން އަދި ސެރޮގެޓުންނަށް ޝުކުރު އަދާކުރާކަމަށެވެ.

ޕްރިތީ އާއި ޖީން ކައިވެނިކޮށްފައިވަނީ 2016ވަނަ އަހަރުގެ ފެބްރުއަރީ 29ވަނަ ދުވަހުއެވެ. ކައިވެނިކޮށްގެން ޕްރިތީ އެލްއޭއަށް ބަދަލުވިނަމަވެސް އާއްމުކޮށް މުމްބާއީއަށް އައިސް އުޅެއެެވެ.

ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑަށް ތައާރަފުވި ޕްރިތީ އެންމެ ފަހުން ފެނިގެން ދިޔައީ 2018ވަނަ އަހަރު ރިލީޒް ކުރީ ބައްޔާޖީ އިންނެވެ.

ތޭވީސް އަހަރު ބޮލީވުޑްގައި މަސައްކަތްކުރި ޕްރިތީ ކުޅެފައި ހުރި ބައެއް ފިލްމުތަކުގެ ތެރޭގައި "ވީރްޒާރާ" އާއި "ކަލްހޯނަހޯ" އާއި "ޗުޕްކޭ ޗުޕްކޭ" އާއި "ދިލް ސޭ" ފަދަ ގިނަ ފިލްމުތަކެއް ހިމެނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް