ads
އެޗްޑީސީ
"ކޮތަރު ކޮށި" ޖަލްސާ ބާއްވަން ހުއްދައެއް ނުނަގާ، ހުއްޓުވަން ޕޮލިހަށް
ޕީޕީއެމް އިން ހުޅުމާލޭ ދެވަނަ ފޭހު ގައި ބޭއްވުމަށް ތައްޔާރު ވަމުންދާ "ކޮތަރުކޮށި" ޖަލްސާ ބާއްވަން ހުއްދަ ނުދޭ ކަމަށާއި އަދި އެމައްސަލަ މިހާރު ފުލުހުންނަށް ހުށައަޅާފައިވާ ކަމުގައި އެޗްޑީސީއިން ބުނެފިއެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި އެއްވެސް ހަރަކާތެއް ބޭއްވޭނީ އެ ކޯޕަރޭޝަނަށް ލިޔުމުން ހުށަހަޅައިގެން ހުއްދަ ހޯދުމަށް ފަހު އެ ކޯޕަރޭޝަނުން ކަނޑައަޅާ އުސޫލުތަކެއްގެ ތެރެއިން އެކަމަށް ހާއްސަ ކުރެވިފައިވާ ވަކި ސަރަހައްދެއްގައި ކަމަށެވެ.

ނަމަވެސް އިދިކޮޅުން ބޭއްވުމަށް ރާވަމުންދާ ހަރަކާތަކީ އެ ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ހުއްދަ ނަގައިގެން ބޭއްވުމަށް ރާވަމުންދާ ހަރަކާތެއް ނޫން ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން މިހެން ބުނެފައިވާއިރު ހުކުރު ދުވަހުގެ ރޭގެ ޖަލްސާ ބޭއްވުމަށް ޕީޕީއެމުން ވަނީ މާލެ ސިޓީ ކައުންސިލުން ހުއްދަ ނަގާފައެވެ. 

އިއްޔެ އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނާއިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ އަންނަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިދިކޮޅުގެ ހާއްސަ ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އެ ޖަލްސާ އޮންނާނީ ހިޔާ ފްލެޓްތަކުގެ މެދުގައި ކަމަށްވެސް ވިދާޅުވި އެވެ.

އެޗްޑީސީން ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފައެވެ. ފުލުހުންގެ އިދާރާގައި އެޗްޑީސީން އެދިފައިވަނީ، އެ ކޯޕަރޭޝަންގެ ހުއްދަ ނުހޯދައި ހަރަކާތް ބާއްވާ ނަމަ އެކަން ހުއްޓުވައިދިނުމަށެވެ. ނަމަވެސް ހަރަކާތް ބޭއްވުމަށް އެޗްޑީސީގެ ހުއްދައަށް ޕްރޮގްރެސިވް ކޯލިޝަނުން އެދެފިނަމަ އެ ހުއްދަ ދޭނެ ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް