ads
ޕީޕީއެމްގެ ޖަލްސާގެ ތެރެއިން ފޮޓޯ: ސޯޝަލް މީޑިއާ
އެޗްޑީސީއަށް ސުޖާއު "ގޮން" ޖަހައިފި
ޕީޕީއެމްގެ ފަރާތުން ހުޅުމާލޭގައި ބޭއްވުމަށް ތައްޔާރުވަމުންދާ ޖަލްސާއަށް ސަރުކާރުގެ ފަރާތުން ދަނީ ހުރަސް އަޅަމުންކަމަށާއި، އެހެންނަމަވެސް ޖަލްސާ ހުއްޓުމެއްނެތި ކުރިއަށް ދާނެ ކަމަށް ޕީއެންސީގެ ނައިބް ރައީސް އަދި ހުޅުމާލެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

" ކޮތަރުކޮށި" ނަމުގައި ޕީޕީއެން ޕީއެންސީން ބާއްވަން ތައްޔާރުވަމުންދާ ޖަލްސާއަށް ހުއްދަ ދީފައިނުވާނެ ކަމަށް އެޗްޑީސީން ދަނީ ބުނަމުންނެވެ. އަދި އެމައްސަލަ މިހާރުވަނީ ފުލުހަށްވެސް ހުށައަޅާފައެވެ. 

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭ އެއްވެސް ސަރަހައްދެއްގައި އެއްވެސް ހަރަކާތެއް ބޭއްވޭނީ އެކޯޕަރޭޝަންގެ ހުއްދަ ހޯދައިގެން ކަމަށެވެ. އަދި ހަރަކާތް ބާއްވާނެ ތަންވެސް ދައްކާނީ އެ ކޯޕަރޭޝަނުން ކަމުގައެވެ. 

އެހެންނަމަވެސް މާލޭ ސިޓީ ކައުންސިލުން ވަނީ ހުޅުމާލޭގައި ޕީޕީއެމްގެ ޖަލްސާއެއް ބޭއްވުމަށް ހުއްދަދީފައެވެ. އަދި އެ ހުއްދައާއި އެއްގޮތަށް ޖަލްސާ ކުރިއަށްދާނެ ކަމަށް ޕީޕީއެމް ޕީއެންސީގެ ފަރާތުން ބުނެއެވެ. 

" އިންޝާ ﷲ. ޖަލްސާއަށް ހުއްޓުމެއް ނެތް. އިއުލާން ކުރަމުންދާ ތާރީހުގައި ޖަލްސާ އޮންނާނެ " މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ނަރީޝް ވިދާޅުވިއެވެ. 

ހުޅުމާލޭ ކައުންސިލަރު އަދި ޕީއެންސީގެ ނައިބް ޝުޖާއު ވިދާޅުވީ މިފަހަރު މިއީ އެޗްޑީސީގެ ސޯޓު ބޭލޭނެ ފަހަރު ކަމަށާއި، އަދި ޖަވާބުދާރީ ވާން ތައްޔާރަށް ތިބިކަމަށެވެ. ޖަލްސާ އޮތީ ކުރިއަށް ކަމަށެވެ. 

" މިފަހަރު މިއީ އެޗްޑީސީގެ ސޯޓު ބޭލޭނެ ފަހަރު. ޖަވާބުދާރީވާން ތައްޔާރު. ޖަލްސާ އޮތީ ކުރިއަށް " ޝުޖާއު ކުރެއްވި ޓްވީޓެއްގައި ބުނެފައިވެއެވެ. 

ނަމަވެސް އިދިކޮޅުން ބޭއްވުމަށް ރާވަމުންދާ ހަރަކާތަކީ އެ ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ހުއްދަ ނަގައިގެން ބޭއްވުމަށް ރާވަމުންދާ ހަރަކާތެއް ނޫން ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފައެވެ. ފުލުހުންގެ އިދާރާގައި އެޗްޑީސީން އެދިފައިވަނީ، އެ ކޯޕަރޭޝަންގެ ހުއްދަ ނުހޯދައި ހަރަކާތް ބާއްވާނަމަ އެކަން ހުއްޓުވައިދިނުމަށެވެ. ނަމަވެސް ހަރަކާތް ބޭއްވުމަށް އެޗްޑީސީގެ ހުއްދައަށް ޕްރޮގްރެސިވް ކޯލިޝަނުން އެދެފިނަމަ އެ ހުއްދަ ދޭނެ ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.

22%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
44%
ވަރަށް ސަލާމް
ކޮމެންޓްސް