ads
ފޮޓ/ ރައީސް އޮފީސް
ަ2022 ވަނަ އަހަރަށް އިތުރު ބަންދު ދުވަސް ތަކެއް
2022 ވަނަ އަހަރުގެ ބަންދު ދުވަސް ތަކެއްގެ ގޮތުގައި އިތުރު ދުވަސް ތަކެއް ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅައިފިއެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނުގައިވަނީ، އަންނަ 2022 ވަނަ އަހަރު، ސަރުކާރު ބަންދު ދުވަސްތަކުގެ ތެރެއަށް އިތުރު ދުވަސްތައް ހިމަނާ ފައިވާ ކަމަށެވެ.

2022 ވަނަ އަހަރު، ސަރުކާރު ބަންދުދުވަސްތަކެއްގެ ގޮތުގައި ނިންމަވައިފައިވާ އިތުރު ދުވަސްތައް:

  • 5 މޭ 2022 (ބުރާސްފަތި)
  • 13 ޖުލައި 2022 (ބުދަ)
  • 14 ޖުލައި 2022 (ބުރާސްފަތި)
  • 28 ޖުލައި 2022 (ބުރާސްފަތި)

މޭ ފަސް ވަނަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ، ކުޑަ އީދު ނިމި ސަރުކާރު ހުޅުވޭ ދުވަހަކަށް ބުރާސްފަތި ދުވަސް ވާތީ އެވެ. ޖުލައި މަހުގެ 13 އަދި 14 ވަނަ ދުވަސް ބަންދުކޮށްފައިވަނީ ބޮޑު އީދަށް ފަހު ސަރުކާރު ހުޅުވޭ ދެ ދުވަހަކަށް ބުދަ ދުވަސް ވާތީއެވެ. އަންނަ އަހަރުގެ ބޮޑު އީދު ދުވަހަކީ ޖުލައި 9 އެވެ.

އަންނަ އަހަރުގެ ޖުލައި 28 ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފައި ވަނީ މިނިވަން ދުވަހަށްފަހު އަލުން ސަރުކާރު ހުޅުވޭ ދުވަހަކީ ބުރާސްފަތި ދުވަހަށް ވާތީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް