ads
ޖޭއެސްސީގެ ރައީސް ހިސާން
އެޑްމިނިސްޓްރޭޓަރުންނަށް އަލުން ވަޒީފާދޭން އެންގުމުން ޖޭއެސްސީން ހައިކޯޓަށް
ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހަށް ފަހު މަގާމުން ވަކިކުރި ކޯޓު އެޑްމިނިސްޓްރޭޓަރުންނަށް އަލުން ވަޒީފާދޭން އެންގެމުން ޖޭއެސްސީން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ޖޭއެސްސީގެ ގާނޫނަށް އެމްޑީޕީން ދެހާސް ނަވާރަވަނަ އަހަރު ގެނައި އިސްލާހުތަކާއެކު ދިހަ ކޯޓެއްގެ އިދާރީ އެންމެ އިސްވެރިން މަގާމުން ވަކިކުރިއެވެ. އޭގެ ތެރޭގައި މާލޭގައި ގާއިމް ކުރެވިފައިވާ ސުޕީރިއާ ކޯޓުތަކުގެ އިތުރުން ހައިކޯޓާ އަދި އެހެން ބައެއް ކޯޓުތައް ހިމެނެއެވެ. 

އެޑްމިނިސްޓްރޭޓަރުން ވަކިކުރުމުން އެ އެންމެން ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ޖޭއެސްސީއާ ދެކޮޅަށް ދައުވާ ކުރިއެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެ މައްސަލަތައް ބެލުމަށް ފަހު އެ އެންމެންނަށް އަލުން ވަޒީފާ ދިނުމަށް ޖޭއެސްސީގެ މައްޗަށް އަމުރު ކުރުމުން ޖޭއެސްސީން އެ މައްސަލަތައްވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ހައިކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުން އެ މައްސަލަތައް ހައިކޯޓުގައި ޖޭއެސްސީގެ ފަރާތުން އިސްތިއުނާފު ކުރިނަމަވެސް އެ މައްސަލަތަކާ މެދު ހައިކޯޓުން ނިންމި ގޮތެއް ނޭނގެއެވެ. މިވަގުތު ހައިކޯޓު ރިސެސްގައި އޮތުމުން އެ މައްސަލަތަކުގެ ތަފްސީލެއްވެސް ނުލިބެއެވެ.

ޖޭއެސްސީ ގާނޫނަށް ގެނެވުނު އިސްލާހަށް ފަހު ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުން އައްޔަން ކުރުމުގެ އުސޫލު ބަދަލުކޮށް، ކުރިން ތިބި އެޑްމިނިސްޓްރޭޓަރުންގެ ތެރެއިން ވަކި މިންވަރަކަށް މާކްސް ނުލިބޭ މީހުން މަގާމުން ވަކިކުރުމުން އެ މަގާމުތަކަށް މީހުން ނުނެގުމަށް ޓްރައިބިއުނަލުން ޖޭއެސްސީގެ މައްޗަށް ކުރި އަމުރުވެސް ޖޭއެސްސީން ހައިކޯޓުގައި ކުރިން އިސްތިއުނާފު ކުރިއެވެ. އެހެންނަމަވެސް ހައިކޯޓުންވެސް ނިންމާފައިވަނީ އެ މަގާމުތަކަށް ދާއިމީ މުވައްޒަފުން ނުނެގުމަށެވެ. ފަހުން އެ މައްސަލަ ނިމި، މަގާމުން ވަކި ކުރި އެޑްމިނިސްޓްރޭޓަރުންނަށް އަލުން ވަޒީފާދޭން އެންގީއެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް