ads
ރަވަތު އަދި އަނބިކަބަލުން
ހެލިކަޕްޓަރު ވެއްޓި އިންޑިއާ ސިފައިންގެ ޗީފް ރަވަތު އާއި އަނބިކަބަލުން ނިޔާވެއްޖެ
އިންޑިއާ އަސްކަރިއްޔާގެ ޗީފް އޮފް ޑިފެންސް ސްޓާފް ބިޕިން ރަވަތު ދަތުރުކުރި ހެލިކަޕްޓަރު ވެއްޓި އޭނާއާއި އޭނާގެ އަނބިކަބަލުން މަދްލިކާ ރަވަތު ނިޔާވެއްޖެ އެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ބިޕިން ރަވަތު އާއި އޭނާގެ އަނބިކަބަލުން ނިޔާވީ ހެލިކޮޕްޓަރު ވެއްޓި ލިބުނު ޒަހަމުތަކުގެ ސަބަބުންނެވެ. މި ހާދިސާގައި މިހާތަނަށް 14 މީހަކު މަރުވިކަން ވަނީ ކަށަވަރުވެފައެވެ. 

ހެލިކަޕްޓަރު ވެއްޓިފައިވަނި ތަމިލްނާޑޫއިން އެ މީހުން ގޮވައިގެން ދަތުރު ފެށިތާ ކުޑައިރުކޮޅެއް ފަހުންނެވެ. މިހާތަނަށް 14 މީހުން މަރުވެފައިވާ މި ހާދިސާގައި އަނިޔާ ލިބުނު އެކަކަށް ހޮސްޕިޓަލްގައި ފަރުވާދެމުން އެބަދެއެވެ. ފަރުވާ ދެމުން އަންނަނީ ފިރިހެނަކަށް ކަމަށްވެއެވެ.

މި ހާދިސާގައި ރަވަތު އާއި އަނބިކަބަލުން ނިޔާވުމާއި ގުޅިގެން އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދްރަ މޯދީ ވިދާޅުވީ ޖެނެރަލް ރަވަތު އަކީ ފާހަގަކޮށްލެވޭ ކުޅަދާނަ ބަތަލެއްކަމަށެވެ. 

އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނަތު ސިންގް ވިދާޅުވީ އެ ހިތާމަވެރި ހާދިސާގައި ގެއްލިގެން ދިޔައީ އިންޑިއާގެ އަސްކަރިއްޔާގެ ވަރުގަދަ ބަތަލެއް ކަމަށާއި، އެ ލިބުނު ގެއްލުން އިއާދަ ނުކުރެވޭނެ ކަމަށެވެ. 

ރަވަތު އަކީ އިންޑިއާގެ ފުރަތަމަ ޗީފް އޮފް ޑިފެންސް ސްޓާފްއެވެ. 

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް