ads
މިނިސްޓަރު ޝާހިދު…
ކޮވިޑާއެކު ކަނޑާ ގުޅުންހުރި ދާއިރާތަކަށް ބޮޑު އަސަރެއްކުރި: ޝާހިދު
މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މި ބަލިމަޑުކަމުގެ ސަބަބުން، ކަނޑުތަކާ ގުޅުންހުރި ހުރިހާ ސިނާއަތްތަކާއި، ހުރިހާ ދާއިރާތަކަކަށްވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައި ކަމަށް ފޮރިން މިނިސްޓަރު އަދި އދ ގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ކަނޑުތަކާ، ކަނޑުތަކުގެ ގާނޫނާ ބެހޭ ގޮތުން އދގެ އާއްމު މަޖިލީހުގައި ކުރިއަށްދިޔަ ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، މަސްވެރިކަމާއި، މެރިން ޓޫރިޒަމާއި، ޝިޕިންގގެ ހަރަކާތްތައް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާތަން އަޅުގަނޑުމެންނަށް ފެންނަ ކަމަށެވެ. 

ޝާހިދު ވިދާޅުވީ، އިގްތިސާދީ ހީނަރުކަމުގެ ސަބަބުން، ކާބޯތަކެތީގެ ވަސީލަތްތައް މަދުވެ، އާމްދަނީ ލިބޭ ވަސީލަތްތައް ހުއްޓުމަކަށް އައިސް، މުޖްތަމައުގެ ނިކަމެތި ފަރުދުންގެ ނިކަމެތިކަން އިންތިހާއަށް އިތުރުވެގެން ހިނގައްޖެ ކަމަށާއި ކަނޑުތަކާ މުޖުތަމައު ގުޅިލާމެހިފައިވާ މިންވަރާއި، މިހާރުން މިހާރަށް އަދި އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ސަބަބު ހަނދާންކޮށްދޭ ކަމަށެވެ. 

ޝާހިދު ވަނީ މިކަން ދެނެގަނެ ކަނޑުގެ ގާނޫނުވެސް ހިމެނޭގޮތަށް ބައިނަލްއަގްވާމީ ގާނޫނުތަކަށް ފުރިހަމައަށް އިހްތިރާމް ކުރުމަށް އަޅުގަނޑު ހުރިހާ މެންބަރު ގައުމުތަކަށާއި ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިތުރަށް ޝާހިދު ވިދާޅުވީ، 2022 ވަނަ އަހަރު ބައްޓަންވަމުން ދަނީ ކަނޑުގެ ދިރުންތައް ވެސް ހިމެނޭ ގޮތަށް ތިމާވެއްޓާ ގުޅޭ މުހިންމު ބައްދަލުވުންތައް ބޭއްވޭނެ އަހަރެއްގެ ގޮތުގައި ކަމަށެވެ.

އަންނަ އަހަރު ޕޯޗުގަލްގެ ލިޒްބަންގައި ބޭއްވުމަށް ހަމަޖެހިފައިވާ އދ ގެ ކަނޑުތަކާބެހޭ ކޮންފަރެންސަކީ، އެސްޑީޖީ14  ތަންފީޒު ކުރުމަށްޓަކައި ވަރަށްބޮޑަށް ބޭނުންވެފައިވާ ސިޔާސީ ވައުދުތަކަށް ލިބޭ ފުރުސަތެއް ކަން ފާހަގަކުރައްވާ ޕޯޗުގަލް އާއި ކެންޔާގެ އިސްނެގުމާއި ކޯ-ހޯސްޓުންގެ ގޮތުގައި މަސައްކަތް ކުރާތީ އެދެގައުމަށް ޝާހިދު ވަނޚ މަރުޙަބާ ދަންނަވާފައެވެ. 

އަދި ޑެންމާކާއި ގްރެނާޑާގެ ދާއިމީ މަންދޫބުން، ކޮންފަރެންސްގެ ނަތީޖާ އާބެހޭ ޑޮކިއުމަންޓްގެ ކޯ-ފެސިލިޓޭޓަރުންގެ ގޮތުގައި ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި، އެ ދެބޭފުޅުންނަށް ވެސް ޝާހިދު ޝުކުރު އަދާ ކުރެއްވިއެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ ގައުމުތަކުގެ އިހްތިސާސްއިން ބޭރުގައިވާ ސަރަހައްދުތަކުގައި އުޅޭ ދިރޭތަކެތީގެ ނަސްލުތަކާ ގުޅޭ މައްސަލައަށް ހައްލެއް ހޯދުމަށް އަންނަ އަހަރު އިންޓާގަވާންމަންޓް ކޮންފަރެންސްގެ ހަތަރު ވަނަ ސެޝަންގައި މަޝްވަރާ ކުރެވޭނެތީ އެކަމާއި  ވަރަށް އުފާކުރައްވާ ކަމަށެވެ.

މިއަދުގެ ޝެޝަންގައި ކަނޑުގެ ދިރުންތައް ނެތިގެން ދާން މަގުކޮށައިދޭ ގިނަ ކަންތައް ތަކުގެ މައްޗަށް އަލިއަޅުވާލައްވާ ޝާހިދު ވާހަކަފުޅު ދެއްކެވިއެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑު ތަޣައްޔަރުވުމުން ކަނޑުގެ ދިރުންތަކަށާއި އިންސާނުންނަށް ކުރާ ނޭދެވޭ އަސަރުތަކުގެ ވާހަކަ ދައްކަވާ އިންސާނުންގެ އަމަލުތައް ބައްޓަންކުރަންވީ ގޮތުގެ މައްޗަށް ޝާހިދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް