ads
ޖުވޭ ސްވީޓް ޕޮޓޭޓޯ ޕާސްތާގެ ފޮޓޯ ލާފައިވަނީ އޭނާގެ ފޭސްބުކް ޕޭޖަށް…
ޖުވޭގެ ސްވީޓް ޕޮޓޭޓޯ ޕާސްތާ ވީ ބޮޑު މަޖާ ގަނޑަކަށް!
ދިވެހިންނަކީ ކެއުމަށް ފޯރި ހުންނަ ބައެކެވެ. ތަފާތު ކާއެއްޗެހީގެ އަޖުމަ ބަލާނެވެއެވެ. މޮޅެތި ޝެފުން ތައްޔާރުކުރާ ކާތަކެތި ގޭގައި ތައްޔާރު ކުރަން އުޅޭ މީހުން ވެސް މަދެއް ނުވާނެއެވެ. ކާ ތަކެއްޗަށް ފާޑު ކިޔާ މީހުން ވެސް އެހާމެ ގިނަ އެވެ.

ދިވެހިންގެ ތެރޭގައި މަޝްހޫރު ޝެފް ޖުވޭރިޔާ ވަޖުދީ އަކީ އަބަދުވެސް އޭނާގެ އަމިއްލަ ރެސިޕީތަކަށް ތަފާތު ކެއުންތަކާއި ބުއިންތައް ތައްޔާރުކުރާ ފަރާތެކެވެ. އޭނާ އަމިއްލަ ތައްޔާރުކޮށް ހަދާ މޮޅެތި ޑިޝްތަކުގެ ފޮޓޯ ސޯޝަލް މީޑިއާގައި ހާމަކޮށް އަންނަނީ އާންމުންގެ ކުޅުދިޔާ ކުރަމުންނެވެ.

އެހެން ނަމަވެސް މިއަދު އޭނާގެ ޕޭޖަށް ދޫކޮށްލި ސްވީޓް ޕޮޓޭޓޯ ޕާސްތާ ގިނަ ބަޔަކަށް ވީ ބޮޑު މަޖާ ގަނޑަކަށެވެ. ސަކަރާތްގަނޑު ބޮޑުވެ ސޯޝަލް މީޑިއާގައި ޖުވޭ އަށް ޖޯކު ޖެހުން ނޫން ކަމެއް ނެތެވެ.

ކައްޓަލަ ބޭނުންކޮށްގެން ދަނބު ކުލަ ހިމެނޭ ގޮތަށް ހަދާފައި ހުރި ޕާސްތާ ތަށީގެ ފޮޓޯ އަށް މީމްސް ހަދާ ޖުވޭގެ އެ ޕާސްތާ އަށް ޖޯކު ޖަހަމުން އަންނަ މީހުން އޭނާގެ ފޭސްބުކް ޕޭޖަށް ކޮމެންޓު ކުރަމުން ޝެއާ ކުރަމުން އަންނަނީ އެ ކާން ބޭނުން ވެގެނެއް ނޫންކަން ހާމަވެއެވެ.

މީގެ އިތުރުން ޖުވޭގެ އެ ފޮޓޯއަށް ކުރި ބައެއް ކޮމެންޓު ތައް ޖުވޭ ޑިލީޓްކޮށްފައިވާތީ އޭނާ އަށް މެސެޖްކޮށް ވެސް ކަންތައްކޮށްފައި އެބަ ހުއްޓެވެ. 

އޭގެ ތެރެއިން މީހަކަށް ޖުވޭ ދީފައިވާ ރިޕްލައި އެއްގައި ބުނަނީ މީސް މީހުންނާ ބެހުމަކީ ވަރަށް ދެރަ ކަމެއް ކަމަށާއި އެހެން މީހުންގެ ކަން ކަމާއި އޭނާ ވެސް ނުބެހޭ ކަމަށެވެ. އަދި އެއީ ދުނިޔޭގެ ފެންވަރުގައި ވެސް މަޝްހޫރު ވެ ބޮޑު ކުކިން ކޮންޕެޓިޝަންއެއްގައި ވެސް ބަލައިގަނެފައިވާ ޑިޝް އެއް ކަމަށް ބުނެ ޖުވޭ ވަނީ އެމީހަކަށް ރައްދު ދީފައެވެ.

your imageފޭސްބުކު ޖުވޭ މީހަކަށް ރައްދު ދީފައި…

ޖުވޭގެ މި ޕާސްތާގެ ވާހަކަ ދައްކަން ގުޅުމުން ފޯނަށް ޖަވާބު ދީފައި ނުވާތީ އޭނާގެ ރަސްމީ ބަހެއް ނުލިބުނެވެ.

ޖުވޭ އަކީ ރަހަމީރު ކެއުންތަކާއި ބުއިންތައް ތައްޔާރުކޮށް ދިވެހިންގެ ލޯބި ހޯދި އަންހެނެކެވެ. ވިޔަފާރީގެ ތެރޭގައި ވެސް ޖުވޭ ފައިތިލަ ސާބިތު ކުރަމުން އަންނަ އިރު އޭނާ އަންނަނީ މި ހުނަރު އެހެން މީހުންނަށް ދަސްކޮށްދިނުމަށް ކޯސްތައް ވެސް ހިންގަމުންނެވެ. 

އެހެން ނަމަވެސް މިއަދު އޭނާ ހަދާފައިވާ ސްވީޓް ޕޮޓޭޓޯ ޕާސްތާ މީހުންނަށް ކަމުދިޔަ ހެނެއް ހިޔެއް ނުވެއެވެ. ރަހަ ނޭގުނަސް ކޮށްފައިވާ ކޮމެންޓު ތަކުން މިހެން ބުނެވިދާނެއެވެ.

26%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
54%
ވަރަށް ސަލާމް
ކޮމެންޓްސް