ads
ނައިބް ރައީސް ފައިސަލް ނަސީމް
ކުވެއިތަށް ކުރެއްވި ދަތުރުފުޅަށްފަހު ނައިބް ރައީސް ރާއްޖެ ވަޑައިގެންފި
ނައިބް ރައީސް ފައިސަލް ނަސީމް ކުވެއިތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފި އެވެ.

ނައިބް ރައީސް ފައިސަލް ނަސީމް ކުވެއިތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފި އެވެ.


ނައިބް ރައީސްގެ މި ދަތުރުފުޅުގައި ކުވެއިތުގެ ބައެއް ޖަމިއްޔާތަކާ ބައްދަލުކުރައްވާ، ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމާއި ޤުރްއާން އަދި އަރަބި ކިޔަވައިދޭ މުދައްރިސުން ހޯދުމާއި، ދީނީ އެއްބައިވަންތަކަމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އެކި ގޮތްތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެ އެވެ. 


މިދަތުރުފުޅުގައި ނައިބް ރައީސް ވަނީ އާދިއްތަ ދުވަހު ކުވައިތުގެ އަލްޖެރީ ހޯލްޑިން ގްރޫޕްގެ ދަށުން ހިންގާ 20 ސްކޫލްގެ ތެރެއިން އަޖިއަލް ބައިލިންގުއަލް ސްކޫލަށާއި، އެމެރިކަން ޖާމަން ސްކޫލަށް ޒިޔާރަތްކުރައްވައި، އެ ސްކޫލްތަކުގައި ހުރި ވަސީލަތްތައް ވެސް ބައްލަވާލައްވާފަ އެވެ.


ނައިބް ރައީސްގެ މިދަތުރުފުޅުގައި އަލްޖެރީ ހޯލްޑިން ގްރޫޕްގެ ފަރާތުން ވަނީ ރާއްޖޭގެ ސްކޫލްތަކަށް 40،000 ފޮތް ހަދިޔާކުރައްވާފަ އެވެ. މީގެއިތުރުން އަލްޖެރީ ހޯލްޑިން ގްރޫޕްގެ ފަރާތުން ވަނީ އިސްލާމިކް މިނިސްޓްރީއަށް 10،000 މުސްހަފް ހަދިޔާކުރައްވައި، ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ މަރުކަޒެއް ގާއިމުކުރުމަށް ޝައުޣޫވެރިވާކަން ފާޅުކުރައްވާފަ އެވެ.


މީގެ އިތުރުން ނައިބް ރައީސް ވަނީ ކެމްބްރިޖް އިންގްލިޝް ސްކޫލު- މަންގަފް އާއި އުންމުލް ގުރާ ސްކޫލާއި އެ ސްކޫލުގެ ރިހިބިލިޓޭޝަން ސެންޓަރަށްވެސް ޒިޔާރަތް ކުރައްވާފަ އެވެ.


ނައިބް ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ، ޑރ. މުސްތަފާ ލުތުފީ ބައިވެރިވެވަޑައިގެންނެވި އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް