ads
އިންޖެކްޓް ކުރަން ތިބި ދެމީހުން…ފޮޓީ/ފޭސްބުކް
ބިރެއް ނެތި މާލޭ މަގުމަތީ ދެ މީހަކު އިންޖެކްޓް ކުރާ ވީޑިއޯއެއް!
އެއްވެސް ބިރަކާއި ނުލާ ދެ ފިރިހެނުން މާލޭ މަގުމަތީ އިންޖެކްޓް ކޮށްފިއެވެ.

އެ ދެ މީހުން ތިބީ ކޮން ސަރަހައްދެއްގައި ކަމެއް ނޭނގެ އެވެ.

އެކަމަކު ދެމީހުންވެސް އަތަށް އިންޖެކްޓް ކުރަން ތިބި ވީޑިއޯ އެއް މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.ބެލްކަންޏެއްގައި ހުރެ މީހަކު ނަގާފައިވާ އެ ވީޑިއޯ އިން ފެންނަ ދެމީހުންގެ މޫނުވެސް ރަނގަޅަށް ސާފުވެފެއެވެ. އެކަކު ކުޑައެއް ނަގައިގެން ހުރި އިރު ދެން ހުރި މީހާ އަތަށް އިންޖެކްޝަން ޖެހުމަށްފަހު އެތަނުން ދާން ހިނގައިގަންނަ މަންޒަރު ވީޑިއޯއިން ފެނެއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވޭތޯ ބެލުމަށް ގުޅާލުމުން ފޯނަށް ޖަވާބު ދީފައި ނުވާތީ އެކަން ވަނީ ސާފުވާގޮތް ނުވެފައެވެ.

އިންޖެކްޓް ކުރުމަކީ މިހާރު ރާއްޖޭގައި ވެސް އާންމު ކުރުމެކެވެ. އާންމުކޮށް ނަހަމަ ގޮތުގައި ގުޅުން ހިންގުމަށް ޕާޓީކޮށް ހަދާ އިރު ޕާޓީ ޑްރަގް ތަކާއި ކެމިކަލް ފަދަ ތަކެތި ހަށިގަނޑު ތެރެއަށް ދުއްވާލުމަށް އިންޖެކްޓްކޮށް ހަދައެވެ. 

23%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
62%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް