ads
އާޒިމް އަދި ބައްސާމް
އާ ސީޒަން ބޯމަތިވެފައި އޮއްވާ އެފްއޭއެމް ބަނގުރޫޓުވީތަ؟
އާ ފުޓްބޯޅަ ސީޒަން މި ހަފުތާ ތެރޭ ފެށުމަށް ތައްޔާރުވެފައިވަނިކޮށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ބަނގުރޫޓުވެފައިވާ ކަމަށް އެފްއޭއެމްގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަލީ އާޒިމް ތުހުމަތު ކުރައްވައިފިއެވެ.

އާ ސީޒަން މި ހަފުތާ ތެރޭ ފެށުމަށް އެފްއޭއެމުންވަނީ ނިންމާފައެވެ. މާޒިޔާއާ ކްލަބު ވެލެންސިޔާ ކުޅޭ ޗެރިޓީ ޝީލްޑް މެޗުން އާ ސީޒަން ފަށަން ކަނޑައަޅާފައިވަނީ އަންނަ ބުދަ ދުވަހުގެ ރޭއެވެ. ސީޒަން ފެށުން ހަފްތާއަކަށްވުރެ ކުޑަތަންވެފައިވަނިކޮށް އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ތުހުމަތު ކުރައްވާފައިވަނީ އެފްއޭއެމް ބަނގުރޫޓޫ ވެއްޖެ ކަމަށެވެ.

ދިވެހި ފުޓްބޯޅަ ހަލާކުވެ، ފުޓުބޯޅަ އެސޯސިއޭޝަން ބަނގުރޫޓުވެ، އެތަނުގެ އެތަކެއް މުވައްޒިފުންނަށް މުސާރަނުދީ ނޯޓިސްދޭންފަށައިފި. ކުޅިވަރު ގާނޫނާ އަދި އެހެނިހެން ގާނޫނުތަކާ ދިމާ އިދިކޮޅަށް އެސޯސިއޭޝަން ހިންގަމުންދާއިރު އެކަމުގެ ޒިންމާ ނަގާނީ ކޮންފަރާތަކުންތޯ؟

އާޒިމްގެ މި ތުހުމަތުތަކަށް އެފްއޭއެމުން ރަސްމީކޮށް ޖަވާބެއް ދީފައި ނުވެއެވެ. އެހެންނަމަވެސް ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމްގެ މުވައްޒަފުންތަކެއް މަގާމުން ވަކިކުރަން އެ އިދާރާއިން ނިންމާފައިވާކަންވަނީ ކަށަވަރުވެފައެވެ. މި މައްސަލައިގައި އެފްއޭއެމުން ރަސްމީކޮށް އަދި ވާހަކަ ނުދެއްކި ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ހަ މުވައްޒަފެއް ވަޒީފާއިން ވަކިކުރަނީ އެސޯސިއޭޝަން ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ. އަދި މިއީ ހުރިހާ މުވައްޒަފުންގެ އިވެލުއޭޝަނެއް ހެދުމަށް ފަހު ނިންމާފައިވާ ނިންމުމެއް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް