ads
ރާއްޖެއާ ލަންކާ ކުރިން ކުޅުނު މެޗެއްގެ ތެރެއިން
ލަންކާއާ ކުޅުނު ފަހު މެޗުންވެސް ރާއްޖެ ބަލިވެއްޖެ
މާލޭގައި އަވައްޓެރި ލަންކާއާ ދެކޮޅަށް ގައުމީ ޓީމުން ކުޅުނު އެކުވެރިކަމުގެ ތިންވަނަ ވޮލީ މެޗުންވެސް ރާއްޖެ ބަލިވެއްޖެއެވެ.

ކުރީ ދެ މެޗެކޭ އެއް ގޮތަށް މި މެޗުންވެސް ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. ދެހާސް ނަވާރަވަނަ އަހަރު ރާއްޖެއާ ލަންކާ، ހަމަ މި ގޮތަށް މާލޭގައި އެކުވެރިކަމުގެ ތިން މެޗު ކުޅުނު އިރު އެ ފަހަރުގެ ފަހު ދެ މެޗުން ކުރެ ކޮންމެ މެޗެއްގައިވެސް އެއް ސެޓު ރާއްޖޭން ހޯދިއެވެ. އެހެންނަމަވެސް މި ފަހަރު ތިން މެޗުވެސް ނިމުނީ ކުޑަ މިނުން ސެޓެއްވެސް ރާއްޖެއަށް ނުލިބިއެވެ.

މިއީ މި މަހުގެ ފަހުކޮޅު ބަންގްލަދޭޝްގައި އޮންނަ އޭވީސީ ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވާން ކުޅުނު މެޗުތަކެކެވެ. އެ މުބާރާތް މި މަހުގެ ބާވީހުގައި ފެށޭއިރު އެ މުބާރާތުގައި ރާއްޖޭން ކުޅެން ޖެހޭނީ ލަންކާ، އުޒްބެކިސްތާން، ނޭޕާލް އަދި ބަންގްލަދޭޝްއާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް