ads
ޖެންޑާ މިސްޓަރާއި ފިރިކަލުން ޒާހިރު…ފޮޓޯ/ސޯޝަލް މީޑިއާ
ޖެންޑާ މިނިސްޓަރުގެ ފިިރިކަލުން ޒާހިރު އަވަހާރަވެއްޖެ
ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީގެ ފިރިކަލުން އިބްރާހިމް ޒާހިރު އަވަހާރަ ވެއްޖެއެވެ.

ސީއެންއެމް އަށް މައުލޫމާތު ލިބުނު ގޮތުގައި ޒާހިރު އަވަހާރަވެފައިވަނީ ފުއްޕާމޭގެ ބައްޔަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިންޑިއާގެ ކޮޗިންގައި ހުންނަ ރަޖާގިރި ހޮސްޕިޓަލުގައެވެ.

އިތުރަށް މައުލޫމާތު ލިބުނު ގޮތުގައި ޒާހިރު ވަނީ ދާދި ފަހުން ކޮވިޑް ބައްޔަށް ވެސް ޕޮޒިޓިވްވެފައެވެ. އަދި އޭގެ ފަހުން ބަލި ހާލަތު އިތުރަށް ގޯސް ވަމުން ދިޔަ ކަމަށް މައުލޫމާތު ލިބެއެވެ.

މިއަދުގެ ވަގުތެއްގައި މި ފަނާކުރަނިވި ދުނިޔެއަށް ޒާހިރު އަލްވަދާއު ކީއިރު އަނބި ކަނބަލުން އާއިޝަތު މުހައްމަދު ދީދީ ވެސް ހުންނެވީ އިންޑިއާގައެވެ.

ޒާހިރު އަކީ ވިޔަފާރިވެރިޔާ އަދި މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގައި 40 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވި ބޭފުޅެކެވެ. 

ސަރުކާރުގެ އިތުރުން ބޮޑެތި ކުންފުނިތަކުގެ އިސް މަގާމުތަކުގައި ވެސް ޒާހިރުގެ ގާތް ބޭފުޅުން ތިއްބަވާ އިރު އުރީދޫގެ އެސިސްޓެންޓް މެނޭޖަރު، ޕަބްލިކް ރިލޭޝަންސް ނޫރާ ޒާހިރު އަކީ ޒާހިރުގެ ދަރިކަނބަލެކެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް