ads
މީދޫ ޓޫރިޒަމް ޒޯންގެ މަންޒަރެއް
އިންޑިއާއިން އެކޯ ޓޫރިޒަމަށް 11,4 މިލިއަން ރުފިޔާ ދީފި
އިންޑިއާ އިން އައްޑޫގައި ހިންގާ އެކޯ ޓޫރިޒަމް މަޝްރޫއުއަށް 11،4 މިލިއަން ރުފިޔާ ދީފި އެވެ.

އިންޑިއާ އެމްބަސީން ބުނި ގޮތުގައި އެ ފައިސާ އަކީ އިންޑިއާގެ އެހީގައި އިކޯ  ޓޫރިޒަމް "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑީވެލޮޕްމަންޓް ޕްރޮޖެކްޓްސް" ނަމުގައި ހިންގާ މަޝްރޫޢުއަކަށް ބޭނުންވާ ފައިސާގެ ތިން ވަނަ އިންސްޓާލްމަންޓު އެވެ.

އެ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާގެ ދެ ވަނަ އިންސްޓްޓޯލްމަންޓްއެއް  ވަނީ  މީގެ ކުރިން ހަވާލުކޮށް ފައެވެ.  އެގޮތުން  މިދިޔަ އަހާރުގެ ޖުލައި މަހު ތއރޭގައި  11,49  މިލިއަން ރުފިޔާ   ސަރުކާރާއި  ހަވާލުކުރެވިފައިވާ ކަމަށް އިންޑިއާ އެމްބަސީން ބުނެ އެވެ.

އިންޑިއާ ރާއްޖެއާ ދެމެދު  ފެބްރުއަރީ 2020ގައި ވަނީ އިކޯ  ޓްއަރިޒަމްގެ ފަަސް  މަޝްރޫއަކަށް އެހީގެ އެއްބަސްވުމެއްގައި ސޮއިކުރެވިފައެވެ.  

މިގޮތުން  މި  އެހީގެ  އެއްބަސްވުމުގެ ދަށުން މަޝްރޫޢުތަށް ކުރިއަށްގެންދެވުމަށް ހަމަޖެހިފައިވަނީ ފޭދޫ،  މީދޫ،  ހިތަދޫ،  ހުޅުދޫ އަދި  މަރަދޫގަ އެވެ.  އެގޮތުން  ޖުމްލަ ގާތްގަނޑަކަށް 2.49  މިލިއަން  އެމެރިކާ ޑޮލަރާ  (38  މިލިއަން  ދިވެހިރުފިޔާ)  ވަނީ ގްރާންޓްގެ  ގޮތުގައި ހަމަޖައްސާދީފައިކަމަށް އިންޑިއާ އެމްބަސިން ބުންޏެ އެވެ. އެމްބަސީން ބުނާގޮތުގައި މި މަޝްރޫޢުތަކުގެ  ސަބަބުން އައްޑޫގައި  ވަޒީފާގެ  ފުރުސަތުތަށް މަގުފަހިވެ، އިކޯ  ޓާުއަރިޒަމްގެ  ފުރުސަތު ފުޅާވެގެންދެއެވެ.

މީ ގެ  އިތުރުން ވެސް  މި  ސްކީމްގެ ދަށުން  މިހާރު ވެސް  ހިނގަމުންދާ މަޝްރޫޢުތަކުގެ  ތެރޭގައި،  މަރަދޫ،  ހިތަދޫ، ހުޅުދޫ  އަދި  ކެނދިކުޅުދޫގައި  ހަތަރު ފިޝްޕްރޮސެސިން  ޕްލާންޓް،  ހޯރަފުށީގައި ފެން ބަންދު ކުރާ  ޕްލާންޓް،  އައްޑޫ  ސިޓީ ހުޅުދޫގައި ޑްރަގް  ޑިޓޮކްސް  ސެންޓަރެއް ގާއިމްކުރުމާއި  އަދި  ހަނިމާދޫގައި ގާއިމްކުރެވިފައިވާ  އެގްރިކަލްޗަރަލް  ރިސާޗް ސެންޓަރުގައި ސޮއިލް  ޓެސްޓިން ލެބްއެއް ގާޢިމްކުރުން  ހިމެނެއެެވެ. 

އެ މަޝްރޫއުތަކުގެ އިތުރު އަށް ޕްރޮޖެކްޓަކަށް ގްރާންޓްގެ  ގޮތުގައި  70  މިލިއަން  ރުފިޔާ ހަމަޖައްސައިދިނުމަށްޓަކައި  އޮކްޓޫބަރ  2021 ވަނީ  އެމް.އޯ.ޔޫގައި  ސޮއެކުރެވިފައެވެ.  

މި މަޝްރޫޢުތަކުގެ  ތެރޭގައި  ތ.  ތިމަރަފުށި އަދި  ތ. ވޭމަންޑޫގައި  މަގު ބައްތި ހަރުކުރުމާއި،  ލ. މާބައިދޫގައި  އައިސް ޕްލާންޓެއް  ގާއިމްކުރުމާއި،  އދ. ދަނގެތީގައި އިތުރު ކަލްޗަރަލް  ސެންޓަރެއް އިމާރާތްކުރުމާއި، ނ. މިލަދޫގައި ކައުންސިލް  އިދާރާއެއް އިމާރާތް ކުރުމާކުރުމާއި،  ގދ. ތިނަދޫގެ  އަބޫބަކުރު ސްކޫލްގައާއި  ލ. ގަން ސްކޫލްގައި  އާއި ހއ. ދިއްދޫގެ  އަތޮޅު  ތަޢުލީމީ މަރުކަޒުގައި އިންކްލޫސިވް  އެޑިއުކޭޝަން ސަޕޯޓިން  ޔުނިޓްތަކެއް  ގާއިމްކުރުމާއި އެމް.އެން.ޑީ.އެފްއަށް ބޭނުންވާ  ސީ އެމްބިއުލާންސް  ހޯދުމަށާއި މާލޭގެ އޮލިމަޕަސް ތިއޭޓަރު  އަޕްގްރޭޑް ކުރުން ހިމެނިފައިވެއެވެ.

އެޗް.އައި.ސީ.ޑީ.ޕާގެ  އަސާސްވެގެންދާނީ އިންޑިއާ އާއި  ރާއްޖޭގެ  ދެމެދުގައިވާ ވަރުގަދަ ތަރައްޤީގެ  ގުޅުމަށް  އެޅިގެންދާ ހަރުދަނާ ފިޔަވަޅަކަށް ކަމަށް އިންޑިއާ އެމްބަސީން ބުނެ އެވެ.  

މި މަޝްރޫޢުތައް  ކަނޑއެޅިފައިވަނީ އެ ރަށެއްގެ  ރައްޔިތުންގެ  ބޭނުންތަކަށް ބިނާކޮށެވެ.  މިއީ  ސިޓީ  އަދި  ލޯކަލް ކައުންސިލްތައް  ބަލަހައްޓާ ހިންގާނެ މަޝްރޫޢުތަކެކެވެ.  އަދި  އޭގެ  ސަބަބުން ކައުންސިލްތަކުގެ ދަޢުރު  ފުޅާވެ ރާއްޖޭގެ ސަރުކާރުން  ހިންގާ ޑީސެންޓްރަލައިޒޭޝަން މަސައްކަތަށް އެއްބާރުލުމެއްކަމުގައި ވެގެންދާނެއެވެ. 

އިންޑިއާގެ  ސަރުކާރުން  އުންމީދުކުރަނީ  މި މަޝްރޫޢުތަށް  ނިމުމާއިއެކު  މިރަށްރަށުގެ ރަށްވެހިންނަށް  ހެޔޮ  ބަދަލަކަށް ވެގެންދާނެ ކަމުގަ އެވެ.  އަދި  ހަމަ  އެހެންމެ  މި މަޝްރޫޢުތަކުގެ  ސަބަބުން  އިންޑިއާ ރާއްޖޭގެ ގުޅުމަށް  އައު  ބާބެއްލިޔެވިގެންދާނެކަމުގައި އުންމީދުކުރެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް