ads
ކުއްޖަކު ރޭޕްކޮށް ބްލެކްމެއިލްކުރި ފިރިހެނަކު ހައްޔަރުކޮށްފި
އަންހެން ކުއްޖަކު ރޭޕްކޮށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ 14 އަހަރުގެ ކުއްޖަކާއި މެދު ޖިންސީ ގޯނާ ކުރުމާއި ބްލެކްމެއިލް ކުރުމުގެ އިތުރުން ރޭޕްކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. 

އެގޮތުން އެމީހާ ހައްޔަރުކޮށްފައި ވަނީ މިއަދު 18:30 ހާއިރު މާލެއިން ކަމަށް ފުލުހުން ބުނެ އެވެ. 

މިމައްސަލައިގައި ފުލުހުން ހައްޔަރުކުރީ 36 އަހަރުގެ ދިވެހި ފިރިހެނެކެވެ. 

މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް