ads
ސިފައިންވަނީ ޓަގު ހޯދާފައި ފޮޓޯ އެމްއެންޑީއެފް
ޓަގެއްގެ ބުރަފަތީގައި ވަލެއް އޮޅިގެން އޮޔާދަނިކޮށް ސިފައިން ހޯދައިފި
ޓަގެއްގެ ބުރަފަތީގައި ވަލެއް އޮޅިގެން އޮޔާދަނިކޮށް، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑްގެ ސިފައިން އެ ސަލާމްތްކޮށް ހޯދައިދީފިއެވެ.

ފަސް މީހުންނާއި އެކު ދަތުރުކުރި މި ޓަގު ބޯޓު ހޯދަން ކުރި މަސައްކަތުން ޓަގު ބޯޓު ފެނިފައިވަނީ މިއަދު  11:46 ހާއިރު ބ.ތުޅާދޫގެ ހުޅަނގުދެކުނުން 28.6 ނޯޓިކަލް މޭލު ބޭރުންނެވެ. 

އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށާފައިވަނީ ބާޖެއް ކަފުޖަހައިގެން ބ.ލަނޑާގިރާވަރުން މާލެއަށް އިއްޔެރޭ ދަތުރުކުރަމުން ދިޔަ "ނީލް" ޓަގުގެ ބުރަފަތީގައި ވަލެއް އޮޅިގެން އޮޔާދާތީ

ބ.ތުޅާދޫގެ ހުޅަނގު ދެކުނުން 9 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުން ދިޔަ މި ޓަގުގެ ބުރަފަތީގައި ވަލެއް އޮޅިގެން އިންޖީނު ހުއްޓުމުގެ ހާދިސާގެ މަޢުލޫމާތު އެމްއާރްސީސީއަށް ލިބިފައިވަނީ ރޭގެ 21:38 ހާއިރުކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ހާދިސާގެ ރިޕޯޓް ލިބުނު ހިސާބުން ޓަކުގެ ވެރިފަރާތާއިއެކު ދިޔައީ މުޢާމަލާތް ކުރަމުންނެވެ.  މި ޓަގު ބޯޓު ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ޑޯނިއަރ ވެސް ވައިގެ މަގުން ވަނީ ހަރަކާތްތެރިވެފައެވެ.

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް