ads
ގުރައިދޫ ޖަލްސާގައި ރައީސް ނަޝީދު ވާހަކަދައްކަވަނީ
ވާދަވެރިންނަށް ނަޝީދުގެ މެސެޖު: ބޮޑުތަނުން ބަލިކޮށްލާނަން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމަނިކުފާނު ބަލިކޮށްލެވޭނެ ސިޔާސީ ބޭފުޅެއް އަދި ސިޔާސީ ޕާޓީއެއް ރާއްޖޭގައި ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ކ. ގުރައިދޫ އަށް ވަޑައިގެން ރޭ އެރަށުގައި ބޭއްވި ޖަލްސާގަ އެވެ. މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. 

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނާއި ރައީސް ސޯލިހު ތިއްބެވީ ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ދަތުރައް އަރާ ކަމަށެވެ. އެހެންކަމުން ސިޔާސީ ބޭފުޅުންނަށް ގޮންޖައްސައްވާ ރައީސް ނަޝީދު ވިދާޅުވީ އެ ދެ ބޭފުޅުން އިންތިހާބެއްގައި ބަލިކޮށްލެވޭނެ ސިޔާސީ ބޭފުޅެއް އަދި ސިޔާސީ ޕާޓީއެއް ނެތް ކަމަށެވެ. އަދި ވާދަވެރިން ބޮޑުތަނުން ބަލިކޮށްލާނެ ކަމުގައިވެސް ވިދާޅުވި އެވެ. 


"ފެނިވަޑައިގަންނަވަންޏާ އެމީހަކު ހޯދައިގެން ގެންނަވާ އަޅުގަނޑުމެން ކައިިރިއަށް. ބަލިކޮށްލާނަން. އިރާދަކުރެއްވިއްޔާ ބޮޑުތަނުން ބަލިކޮށްލާނަން. ވަރަށް ބޮޑުތަނުން ބަލި ކޮށްލާނަން," ރައީސް ނަޝީދު ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ ޕީޕީއެމް އަކީ ލާމަރުކަޒީ ނިޒާމު ފުނޑާލައި އަތޮޅު ތެރޭގެ ރަށްތައް ފަޅުކުރި ޕާޓީއެއް ކަމަށެވެ. އަދި އެޕާޓީން މަސައްކަތް ކުރީ ހުޅުމާލެ ތޮއްޖައްސަން ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވޯޓު ދޭން ޖެހޭ ސަބަބެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ. 

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖެ ތަރައްގީކުރަން ބޭނުންވާނަމަ އަޅުގަނޑުމެންނަކީ މާތް ރަސްކަލާންގެ އަންގަވާފައިވާ ގޮތްތަކުގެ މަތިންނާއި، އިންސާނީ އާންމު އުސޫލުތަކުގައި ދިރިއުޅޭ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް