ads
ޖޭއެސްސީ ---
ގާޒީއަކު މަގާމުގެ ނަހަމަ ބޭނުންކޮށް ފައިސާތަކެއް ކުންފުންޏަކަށް ދީފި
ގއ. ވިލިނގިލީ ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އަހުމަދު ޝުކޫރު، މަގާމުގެ ނަހަމަ ބޭނުންކޮށްގެން ކުންފުންޏަކަށް ފައިސާތަކެއް ދޫކޮށްފައިވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން ބުނީ އެ ކޮމިޝަނުން ކުރި ދިރާސާއަށް ފާހަގަވެފައި ވަނީ އެކަމަކީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް، ފަނޑިޔާރުކަމުގެ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކަނޑައެޅިގެން ފާޅުކަން ބޮޑު ގޮތުގައި ފަރުވާލެއް ނެތި ގާނޫނާ ހިލާފަށް ހިންގާފައިވާ ކަމެއް ކަމަށެވެ.

މި މައްސަލައަކީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ގާނޫނާ ހިލާފަށް ވިމަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރަން ނިންމި ފައިސާތަކެއްގެ މައްސަލައެވެ.

ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ވިމަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ގާނޫނާ ހިލާފަށް ފައިސާތަކެއް ދޫކުރިކަމަށް ބުނާ މައްސަލައެއް އެކޮމިޝަނަށް ހުށަހެޅިފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކަމަށާއި އަދި އެއާއެކު އެމައްސަލަ ދިރާސާ ކޮށްފައިވާކަމަށް ކޮމިޝަނުން ބުނެއެވެ.  

އަހުމަދު ޝުކޫރު ހިންގާފައިވާ ގާނޫނާ ހިލާފު މި ކަންތައް އެ ކޮމިޝަނަށް ފާހަގަވެފައި ވަނީ، މި ކޮމިޝަނުން ދިރާސާކުރި އެހެން ސުލޫކީ މައްސަލަތަކެއް އޭނާއާމެދު ސާބިތުވެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެ ކޮމިޝަނުން ނިންމުމާ ގުޅިގެން އަމިއްލައަށް މަޖިސްޓްރޭޓްކަމުގެ މަގާމުން އޭނާ ވަކިވެފައި ވަނިކޮށް ކަމަށްވެސް ޖޭއެސްސީ އިން ބުނެއެވެ.

އެހެންކަމުން އެ ކޮމިޝަނުން މި މައްސަލާގައި ފާހަގަވި ކަންކަން ބަޔާންކޮށް އެކަންކަން ބަލައި ފިޔަވަޅު އަޅައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނަށް 2021 ވަނަ އަހަރު ޖެނުއަރީމަހު ހުށަހަޅާފައިވާ ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް