ads
ސާޖިއޯ އަގުއޭރޯ
ސިއްހަތު ތަންނުދޭތީ، ބާސެލޯނާގެ ސާޖިއޯ އަގުއޭރޯ ކުޅުން ހުއްޓާލައިފި
ބާސެލޯނާއާ ގުޅުނުތާ އެންމެ ހަމަސްވެސް ނުވަނީސް ކުރީގެ މެންޗެސްޓަ ސިޓީގެ ސްޓްރައިކާ ސާޖިއޯ އަގުއޭރޯ ކުޅުން ހުއްޓާލައިފިކަން އިއުލާން ކޮށްފިއެވެ.

ދެރަވެފައިހުރެ ސިއްހީ ސަބަބުތަކަށްޓަކައި ކުޅުން ހުއްޓާލި ، އުމުރުން 33 އަހަރުގެ އަގުއޭރޯ ބުނީ ކެރިއާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ.

އޭނާ ، އޮކްޓޫބަރު 30 ވަނަދުވަހު އޮތް މެޗެއްގެ ތެރެއިން މެޔަށް ތަދުވާތީ ހޮސްޕިޓަލަށް ގެންދިޔައެވެ. 

"މިނިންމުން އަހަރެން ނިންމީ އަހަރެންގެ ސިއްހަތަށްޓަކައި" އަގުއޭރޯ ބުނެފައިވެއެވެ.

އަގުއޭރޯ ކެރިއާ ނިންމާލިއިރު 786 މެޗު ކުޅެ 427 ލަނޑު ޖަހާފައި ވެއެވެ. 

އަގުއޭރޯ، އޭނާ ފުޓު ބޯޅަ ކުޅުން ނިންމާލިކަން އިއުލާނު ކުރި ހަފްލާގައި ބުނެފައިވަނީ އެއީ ހިތްދަތި ނިންމުމެއް ކަމަށާއި އެހެން ނަމަވެސް ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި ކަމަށެވެ. މަދު ބަޔަކު ބައިވެރިވި މިހަފްލާގައި މެންޗެސްޓާ ސިޓީގެ މެނޭޖަރު ޕެޕް ގާޑިއޯލާ ވެސް ބައިވެއެރި ވިއެވެ. 

އޭނާ ބުނީ ހެދި ފުރަތަމަޓެސްޓާއެކު އޭނާއަށް ފުޓުބޯޅަ ކުޅުމުގެ ފުރުސަތު ވަރަށް ހަނި ކަމުގައި ޑޮކްޓަރުން ބުނިކަމަށެވެ. އެއާއެކު އެގޮތަށް އައީ ތައްޔާރު ވަމުން ކަމަށާއި، ފަހުން ސީދާ ނުކުޅެވޭނެ ކަމަށް ޑޮކްޓަރު ބުނި ކަމަށެވެ. ގާޑިއޯލާ ބުނީ އަބަދުވެސް ފުޓްބޯޅަ ކުޅެން ނިންމައިގެން ފުރަތަމަ ބޯޅައިގައި ފައިޖައްސާލީ އުމުރުން އެންމެ 5 އަހަރުގައި ކަމަށެވެ.

އަގުއޭރޯ އަކީ ޕްރިމިއާ ލީގުގެ ތާރީހުގައި 4 ވަނައަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް