ads
އެއާޕޯޓްގައި ކޮރޯނާ ވައިރަހަށް ޓެސްޓުކުރުމުގެ އިންތިޒާމު އިއްޔެ ވަނީ ހަމަޖައްސާފައި--
ޓެސްޓްތަކުން ކޮރޯނާ ޖެހިފައިވާ މީހަކު އަދި ނުފެނޭ: އެޗްޕީއޭ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކޮރޯނާ ވައިރަސްއަށް ސްކްރީންކުރަން އިއްޔެ ފެށި ނަމަވެސް މިހާތަނަށް އެ ބަލި ޖެހިފައިވާ އެއްވެސް މީހަކު އަދި ފެނިފައި ނުވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު ބުނީ އެއާޕޯޓުގައި ސްކްރީނިން ފެށުމާއިއެކު ތާމަލް ކެމެރާއިން ހުން ހުންނަ ކަމަށް ދައްކާ މީހުން އިތުރަށް އެސެސްކޮށް، ހިސްޓްރީ ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް އެސެސް ކުރުމަށްފަހު މިވަގުތު އަދި ކޮރޯނާވައިރަސް އަށް ޝައްކުވާ މީހަކު ފެނިފައި ނުވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ. 

ހެލްތު މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ އެވައިރަސް ފެތުރިދާނެ ކަމަށް ބަލައި ރާއްޖޭގައި ރައްކާތެރިވުމުގެ މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ރާއްޖެއަކީ ކޮންމެ ދުވަހަކުން އެކި ގައުމުތަކުން މީހުން ޒިޔާރަތް ކުރާ ގައުމެއްކަން ފާހަގަކުރައްވާ މިނިސްޓަރު އަމީން ވިދާޅުވީ ވައިރަހުން ރައްކާތެރިތެރިވުމަށް އެންމެ ފުރަތަމަ ރާއްޖޭގެ އެއާޕޯޓާ ހިސާބުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އިސްކަމެއް ދެއްވާ ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭގެ ހުރިހާ ޕޯޓުތައް، ރާއްޖޭގެ ހުރިހާ އެންޓްރީ ޕޮއިންޓުގައި ސްކްރީން ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. 

ސަސްޕެކްޓު ކުރެވޭ މީހެއް ފެނިއްޖެކަމަށްވާނަމަ އައިސޮލޭޓުކުރުމަށްޓަކައި ކުރަންޖެހޭ އިންތިޒާމު ތަކުގެ ތެރެއިން ވަރަށް ގިނަ މަސައްކަތްތައް ހަމަޖެހިފައިވާ ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މާދަމާ ހެނދުނުން ފެށިގެން އެއާޕޯޓުގައި އައިސޮލޭޝަން އޭރިއާއެއް ފާހަގަކުރެވި އެއައިސޮލޭޝަން ތެރެއިން ކުރަންޖެހޭ އިންތިޒާމުތައް މިހާރު ހަމަ ޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ވުހާން ވައިރަހަކީ އިންސާނުން ގައިން އިންސާނުންގެ ގަޔަށް އަރާ ވައިރަސްއެއްކަން ޗައިނާއިން ކަށަވަރުކޮށްދީފައިވާއިރު އެކަމުގައި ހަރަކާތްތެރިވި މެޑިކަލް އޮފިޝަރުން ވެސް އެބަލި ޖެހިފައިވާ ކަމަށް ހަބަރުތަކުން ބުނެއެވެ. 

މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން މިވައިރަހަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބޭރުގެ ހަބަރުތަކުން ވަނީ ބުނެފައެވެ. މީގެ ތެރޭގައި ޖަޕާނާއި ތައިލެންޑު އަދި ސައުތު ކޮރެއާ ހިމެނެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް