ads
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާ ހިޔާ ފްލެޓްތައް--- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ފްލެޓު އެޅުމަށް އެޑްވާންސް ޕޭމަންޓުގެގޮތުގައި 524 މިލިއަން ރުފިޔާ އިންޑިއާއިން ދީފި
އިންޑިއާގެ އެގްޒިމް ބޭންކްއިން ބަޔާޒް ކްރެޑިޓްގެ ދަށުން ހުޅުމާލެ ފޭސް 2 ގައި ހިންގައި ސޯޝަލް ހައުސިން ޕްރޮޖެކްޓުގެ އެޑްވާންސް ޕޭމަންޓުގެގޮތުގައި 524 މިލިއަން ރުފިޔާ (ގާތްގަނޑަކަށް 34 މިލިއަން ޑޮލަރު) ދޫކޮށްފި ކަމަށް އިންޑިއަން ހައިކޮމިޝަނުން ބުނެފިއެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނިގޮތުން އެ ފައިސާ އަކީ ދެ ޕްރޮޖެކްޓްއެއްގެ އަމަލީ މަސައްކަތުގެ ފެށުމަށްޓައި ދޫކުރަން ޖެހޭ އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އެވެ. އެ ފައިަސާ ދޫކޮށްފައިވަނީ ހުޅުމާލެ ފޭސް ދޭއްގައި 4000 ސޯޝަލް ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލު ކުރަން ހަވާލުކޮށްފައިވާ ނެޝަނަލް ބިލްޑިންގްސް ކޮންސްރަކްޝަން ކޮމްޕެނީ  (އެން.ބީ.ސީ.ސީ) އަދި ޖޭ.އެމް.ސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑަށެވެ.

އެކްޒިމް ބޭންކުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ހުޅުމާލެ ފޭސް ދޭއްގައި 4000 ސޯޝަލް ހައުސިން ޔުނިޓް އިމާރާތް ކުރުމަށް 228 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 3.5 ބިލިއަން ރުފިޔާ)ގެ ބަޔާޒް ކްރެޑިޓުގެގޮތުގައި އިތުރުކޮށް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) އާ އެކު އެއްބަސްވުންތައް ނިންމާފައިވާކަން ފާހަގަކުރެވެއެވެ.

ނެޝަނަލް ބިލްޑިންގްސް ކޮންސްރަކްޝަން ކޮމްޕެނީ (އެން.ބީ.ސީ.ސީ) އާއި ޖޭ.އެމް.ސީ ޕްރޮޖެކްޓްސް  (އިންޑިއާ) ލިމިޓެޑަކީ ރިއަލް އެސްޓޭޓް ތަރައްގީ އަދި ސިވިލް ކޮންސްޓަރަކްޝަން ޕްރޮޖެކްޓްތައް އިންޑިއާ އަދި ބޭރު ގައުމުތަކުގައްޔާއި ހިންގުމުގެ ތަޖުރިބާކާރު ދެ ކުންފުނި ކަމަށް ހައިކޮމިޝަނުން ބުނެ އެވެ. މިސައިޓްތައް މިހާރު ވަނީ ކޮންޓްރެކްޓަރުންނާއި ހަވާލު ކުރެވި، ވަގުތީ ތައްޔާރީތަކުގެ މަސައްކަތް ފެށިފަ އެވެ.  

ހައި ކޮމިޝަނުން ބުނީ ފޭސް ދޭއް ގައި އިމާރާތް ކުރާ ފްލެޓުތަކުގައި އާކިޓެކްޗަރަލް ޑިޒައިންގެ ތަފްސީލީ ކުރެހުންތައް ދިވެހި ސަރުކާރުގެ އިދާރާތަކާ އެކު ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. ޑިޒައިން ފައިނަލް ކުރާ އިރު ފްލެޓްތަކުގެ ޖާގަ ތަނަވަސްވާނެގޮތަކަށާއި އިމާރާތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންކަން ކުރާނެ އެވެ.

މި ދެ ޕްރޮޖެކްޓްގެ ދަށުން 900 އަކަފޫޓުގެ، ތިން ކޮޓަރިއާއި ތިން ފާހާނާގެ 2800 ޔުނިޓް އަދި 650  އަކަފޫޓުގެ، ދެ ކޮޓަރި އާއި ދެ ފާހާނާގެ 1200  ޔުނިޓް އިމާރާތްކުރާނެ އެވެ.

އަތްފޯރާފަށުގައި ގޯތިގެދޮރު ރައްޔިތުންނަށް  ފޯރުކޮށްދިނުމަކީ ރައީސް ސޯލިހުގެ ސަރުކާރުން  ވަރަށް އިސްކަމެއް ދެއްވާ ކަމަކަށްކަމަކަށް ވާއިރު ހުޅުމާލޭގައި ގޯތިގެދޮރުގެ ތަނަވަސްކަން އިތުރުވުމަކީ މަލޭގައި ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ލިބޭނެ ފަހިކަމެއްކަމަށް އިންޑިއަން ހައިކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.

ހައި ކޮމިޝަނުން ވަނީ ރައީސް އިބްރާހީމް ސޯލިހުގެ ސަރުކާރާއިއެކު އިންޑިއާއިން، މި ސަރުކާރުން އަތްފޯރާފަށުގައި ގޯތިގެދޮރު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްވެފައިވާ ވައުދު ފުއްދުމުގައި  ބައިވެރިވުމަކީ ލިބޭ ފަހުރެއްގެ ގޮތުގައި ދެކޭކަމަށް ބުނެފަ އެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް