ads
ފޮޓޯ / ފޯއްމުލަށް ބަންޑާރަ ކިޅި
ފުވައްމުލަކު ބަންޑާރަ ކިޅި ކުށްޔަށް ދެނީ
ފުއައްމުލަށް ބަންޑާރަ ކިޅީގައި ކޮށްފައިވާ އިމާރާތާއި އިމާރާތް ހިމެނޭ ބިން ކުއްޔަށް ދޫކުރުމަށް އެ ސިޓީގެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ފުވައްމުލަށް ބަންޑާރަ ކިޅީގައި ކޮށްފައިވާ އިމާރާތާއި އިމާރާތް ހިމެނޭ ބިން ކުއްޔަށް ދޫކުރުމަށް ބީލަން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު 19 ޑިސެންބަރު ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން ހުޅުވާލާނެ ކަމަށް ވެސް އެކައުންސިލުން ބުނެއެވެ.

ބީލަން ކަރުދާސް ދޫކުރާނީ 28 ޑިސެންބަރު 2021 ވާ އަންގާރަ ދުވަހުގެ ނިޔަލަށެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 02 ޖަނަވަރީ 2022 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި އެކައުންސިލް ގެ ލޭންޑް މެނޭޖްމަންޓް ސެކްޝަންގެ މީޓިންގ ރޫމްގައި ކަމަށް ކައުނސިލުން ބުނެއެވެ.

މި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށްޓަކައި 2000 ރުފިޔާ ގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭ ކަމަށް އެކައުންސިލިުން ބުނެއެވެ.

އެ ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން 19 ޑިސެންބަރު 2021 އިން 28 ޑިސެންބަރު 2021 އަށް އެ އިދާރާގެ އީމެއިލް އެޑްރެހަށް، [email protected] އިޢުލާން ނަންބަރާއި، ބިޑް ގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލް (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު އަދި ފައިސާ ދެއްކި ކަމުގެ ރަސީދު ނުވަތަ ޓްރާންސެކްޝަން ސްލިޕްގެ ކޮޕީ އީމެއިލްކޮށްދެއްވުމުން ބަލައިގަންނާނެ ކަމުގައި ވެސް އެކައުން ސިލުންބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް