ads
ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީ
ފަނޑިޔާރު ހަސަން އަލީގެ މައްސަލަ އަވަހަށް ނިންމައިދިނުމަށް އެދިވަޑައިގެންފި
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ސަސްޕެންޑްކޮށްފައިވާ ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީގެ މައްސަލައިގައި ކޮމިޝަނުން އަވަހަށް ގޮތެއް ނިންމައިދިނުމަށް ހައިކޯޓުގެ އިސް ފަނޑިޔާރު ސުޖާއު އުސްމާން އެދިވަޑައިގެންފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ސަސްޕެންޑްކޮށްފައިވާ ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީގެ މައްސަލައިގައި ކޮމިޝަނުން އަވަހަށް ގޮތެއް ނިންމައިދިނުމަށް ހައިކޯޓުގެ އިސް ފަނޑިޔާރު ސުޖާއު އުސްމާން އެދިވަޑައިގެންފި އެވެ.

ފަނޑިޔާރު ހަސަން އަލީގެ މައްސަލަ އަވަހަށް ނިންމައިދިނުމަށް އިސް ފަނޑިޔާރު އެދިވަޑައިގެންނެވީ މިހަފްތާގެ ތެރޭގައި ޖޭއެސްސީއަށް ފޮނުއްވި ސިޓީއެއްގައި ކަމަށް އެނގިފައިވެ އެވެ. 

ޖޭއެސްސީ ބަލަމުންދާ މައްސަލަތަކަކާ ގުޅިގެން ފަނޑިޔާރު ހަސަން އަލީ ސަސްޕެންޑް ކުރި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ވަނަ ދުވަހު އެވެ. 

މަރާލާފައިވާ ކަމަށް ބުނާ ނޫސްވެރިޔާ އަހުމަދު ރިލްވާން ރާއްޖޭން ބޭރަށް ގޮސް ހަނގުރާމައެއްގައި އުޅެނިކޮށް މަރުވެފައިވާކަން ދައްކަން ހަސަން އަލީ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު މަސައްކަތް ކުރެއްވި ކަމަށް މަރު ކޮމިޝަނުން ތުހުމަތުކޮށްފައިވެ އެވެ. 

ހަސަން ސަސްޕެންޑްކޮށްފައި ހުންނަތާ އެތައް މަހެއްވީ ނަމަވެސް އޭނާއަށް ތުހުމަތުކުރާ މައްސަލަތަކާ ގުޅޭގޮތުން ޖޭއެސްސީން މިހާތަނަށް ވާހަކަ ދައްކާފައެއް ނުވެ އެވެ. އެހެންކަމުން މިމައްސަލައިގެ ތަހުގީގު ގޮސްފައިވާ ހިސާބެއް އެނގިފައެއް ނުވެ އެވެ.

ފަނޑިޔާރު ހަސަން އަލީގެ މައްސަލަ އަވަސްކޮށްދިނުމަށް ހައިކޯޓުގެ އިސް ފަނޑިޔާރު ސުޖާއު އުސްމާން ޖޭއެސްސީގައި އެދިވަޑައިގެންނެވިއިރު އެ ކޮމިޝަނުން ގެންދަނީ ސުޖާއުގެ މައްސަލައެއްވެސް ބަލަމުންނެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް