ads
އަލީ ސީޒަން--
ހެކްކުރި އެކައުންޓުތައް އަނބުރާ ސީޒަންއަށް ލިބިއްޖެ
ދިވެހި ފިލްމީ ތަރި އަލީ ސީޒަންގެ ސޯޝަލް މީޑިއާ އެކައުންޓުތައް އަނބުރާ އޭނާއަށް ލިބިފައިވާ ކަމަށް ބުނެފި އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ސީޒަން ވަނީ އޭނާގެ ފޭސްބުކް އެކައުންޓާއި އޭނާގެ ދެ ފިލްމު ކަމަށްވާ "އަހްޝަމް" އަދި "އަނދިރިކަން" ފިލްމުގެ ފޭސްބްކް ޕޭޖް ވެސް ހެކްކޮށްފައިވާ ބުނެފަ އެވެ. 

މިއަދު ސީޒަން އޭނާގެ ފޭސްބުކް އެކައުންޓު މެދުވެރިކޮށް ދޫކޮށްލި ވީޑިއޯއެއް މެދުވެރިކޮށް ވަނީ އޭނާގެ ސަޕޯޓަރުންނަށް އުފާވެރި ހަބަރެއްދީފަ އެވެ. އެގޮތުން ހެކްކުރި ފޭސްބުކް އަދި އިންސްޓަގްރާމު އެކައުންޓް ވެސް އަނބުރާ އޭނާއަށް ލިބިފައިވާ ކަމަށް ބުނެ އެވެ. 

ސީޒަން ބުނި ގޮތުގައި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އޭނާ ވަނީ ސެކިއުރިޓީ ވެސް ވަރުގަދަ ކޮށްފަ އެވެ. 

އޭގެ އިތުރުން ސީޒަން ވަނީ އޭނާގެ އެކައުންޓުތައް މެދުވެރިކޮށް ބައެއް ފަރާތްތަކަށް ޖެއްސުންކުރުމާއި ހަޑިހުތުރު ބަހުން ވެސް ވާހަކަ ދައްކާފައިވާ ކަމަށާއި އެހެންކަމުން އެފަރާތްތަކުގެ ކިބައިން މައާފަށް އެދޭ ކަމަށް ވެސް ބުނެފަ އެވެ. 

ސީޒަން އަކީ ގިނަ އަދަދެއްގެ ދިވެހި ފިލްމުތަކާއި ލަވަތަކުން ފެނިގެންގޮސްފައިވާ ކުޅަދާނަ ފަންނާނެކެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް