ads
ސިފައިންގެ ތަމްރީނެއްގެ ތެރެއިން: ފައިލް ފޮޓޯ ސިފައިން
ކުޑަކުއްޖޭ ރޭޕް ކުރި ދެވަނަ ސިފައިންގެ މީހާގެ މައުލޫމާތު ސާފެއް ނުވޭ: ސިފައިން
ކުޑަކުއްޖާ ރޭޕު ކުރި ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އަދަމް ވިދާޅުވި ދެވަނަ ސިފައިންގެ ދެ ވަނަ މީހަކީ ކާކުކަމެއް ސާފެއް ނުވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފް އިން ހާމަކޮށްފިއެވެ.

ސިފައިންގެ ދެމީހަކު 15 އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވިދާޅުވުމާއި ގުޅިގެން އެ މެމްބަރު އެވިދާޅުވަނީ ކޮން ސިފައިންގެ މީހެއްގެ ވާހަކަތޯ ހޯދަން އެ މެމްބަރުގެ އަރިހުންއެދުނުކަމަށް ސިފައިން ބުނެއެވެ.  


ސިފައިންގެ 2 މީހުންނަކީ ކޮން ބައެއްކަން އެނގޭނީ ފުލުހުންނަށް ކަމަށް ވިދާޅުވުމުން މިފަދަ ތުހުމަތެއް ކުރެވޭ ސިފައިންގެ 2 މީހަކުވާނަމަ، އެބަޔަކާގުޅޭ މަޢުލޫމާތު ދެއްވުމަށް ފުލުހުންގެ އިދާރާގައި ޖެނުއަރީ 18 ވަނަ ދުވަހު އެދުނުކަމަށް ވެސް ސިފައިން ބުނެއެވެ. 


މިމަހު 22 ގައި ސިފައިންގެ މީހަކު ފުލުހުންގެ ހައްޔަރަށް ގެންދިޔަކަމުގެ މަޢުލޫމާތު އެރޭގެ 20:00 ގައި ފުލުހުންގެ އިދާރާއިން ހިއްސާކުރެއްވުމާއި ގުޅިގެން މއެމް.އެން.ޑީ.އެފްގެ ކަމާބެހޭ ކޮމިޓީ ބައްދަލުކޮށް، ފުލުހުންގެ ހައްޔަރަށް ގެންދިޔަ ސިފައިންގެ މީހާ، އޭނާ ހައްޔަރަށް ގެންދިޔަ ވަގުތުން ފެށިގެން ވަނީ ސަސްޕެންޑު ކުރިކަމަށް ވެސް ސިފައިން ބުނެއެވެ. 


"ރައްޔިތުންގެ މަޖިލީސްގެ ޢިއްޒަތްތެރި މެމްބަރު ވިދާޅުވެފައިވަނީ 2 ސިފައިންގެ މީހެއްގެ ވާހަކަ ކަމަށް ވީހިނދު، މިއަދާ ހަމައަށް އައި އިރުވެސް މި މައްސަލައިގައި ހިމެނޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރު އެ ވިދާޅުވާ ސިފައިންގެ 2 ވަނަ މީހަކު މި މައްސަލާގައި ހިމެނޭކަން ނުވަތަ ނޫންކަން އަދި މި މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހެޅިފައިވަނީ ކޮން
ތާރީހެއްގައިކަންވެސް ފުލުހުން މި މުއައްސަސާއާއި ޙިއްސާކުރެއްވީ މަޢުލޫމާތުން ސާފެއްނުވެއެވެ،" ސިފައިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.


ސިފައިންގެ މީހަކާމެދު މިބާވަތުގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ ކަމުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ މެމްބަރަށް ލިބިވަޑައިގަތުމުން އެ މައުލޫމާތު މި މުއައްސަސާއާއި ހިއްސާކުރެއްވިނަމަ އަދި ފުލުހުންގެ އިދާރާއިންވެސް ސިފައިންގެ މީހަކާއިމެދު މިފަދަ މައްސަލައެއް ބައްލަވާކަމުގެ މައުލޫމާތު ހިއްސަކުރި ނަމަ ޤަވާޢިދުތަކުގައިވާ ގޮތުގެ މަތީން މި ވަގުތުން ބަލާ ވަޤުތުން ފިޔަވަޅު އެޅުނީސްކަމަށް ވެސް ސިފައިން ބުންޏެވެ. 

"އެހެންކަމާއިއެކު، މިމަޢުލޫމާތު ވީ މުއައްސާއާ ކުރިން ޙިއްސާކުރައްވާފައިނުވާތީ، ނުހަނު ހިތާމަކުރާ ވާހަކަ ދަންނަވަމެވެ."

ދެކުނުގެ ރަށެއްގައި ދެ އަހަރު ނުވާ ތުއްތު ކުއްޖަކު ރޭޕު ކުރި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގައި ރޮޒޭނާ ވިދާޅުވީ އެ ކުއްޖާ ރޭޕުކުރިއިރު އެކުއްޖާއަށް 14 އަހަރު ކަމަށެވެ. އެހެން ނަމަވެސް އެ މައްސަލަ ފުލުހުންނަށް ހުށަހެޅިތާ 6 މަސް ފާއިތު ވީއިރު ވެސް އެ މައްސަލާގައި ހިމެނޭ މީހުން ވަޒީފާއަށް ނުކުންނަކަމަށެވެ. އަދި އެ ކުއްޖާއަށް 15 އަހަރު ފުރުނީ އެ ކުއްޖާ ރޭޕުކޮށްގެން މައްސަލަ ހުށަހެޅިފަހުންނެވެ. 

ފުލުހުން އިއްޔެ ހައްޔަރު ކުރީ ސިފައިންގެ މީހާއަކީ، ކުޑަ ކުއްޖާ ބްލެކްމެއިލްކޮށް ރޭޕް ކުރި ކަމުގެ ތުހުމަތުގައެވެ.

ރޮޒޭނާ ވިދާޅުވެފައިވަނީ ސިފައިންގެ ދެ މީހުން ކުޑަކުއްޖާ ރޭޕު ކުރީ ފޭސްބުކް މެދުވެރިކޮށް ބްލެކްމެއިލް ކޮށްގެން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް