ads
އުމަރު ޒާހިރު ފޮޓޯ ސަން
އުމަރު ޒާހިރު އަވަހާރަ ވެއްޖެ
ދައުލަތަށް ގިނަ ދުވަހު ހިދްމަތް ކުރެއްވި އުމަރު ޒާހިރު އަވަހާރަވެއްޖެއެވެ.

ނިޝާން އިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު އަވަހާރަވީ ކޯވިޑް 19 އަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އުމުރުފުޅުން 85 އަހަރު ފުޅުގައެވެ. 

އުމަރު ޒަހީރަކީ ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް އެތަކެއް ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި ވެސް ދިގު މުއްދަތަކަށް ސަރުކާރަށް އެމަނިކުފާނު ވަނީ ހިދުމަތް ކުރައްވާފައިވެއެވެ. އެގޮތުން، ރައީސް މައުމޫނުގެ ވެރިކަމުގައި ހޯމް މިނިސްޓަރު ކަމުގެ މަގާމު ވަނީ ފުރުއްވާފައެވެ.

މީގެ އިތުރުން އުމަރު ޒާހިރު އަކީ، ރާއްޖޭގެ އެންމެ ފުރަތަމަ ކުޅިވަރާ ބެހޭ ވަޒީރުވެސް މެއެވެ. ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯދައި ދިނުމަށް 1960ގައި ކުރެއްވި މަސައްކަތްތަކުގައި ވެސް އެމަނިކުފާނުގެ ދައުރު ވަރަށް ބޮޑަށް ފާހަގަވެގެން ދެއެވެ. 

އުމަރު ޒާހިރު ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ 1950ގެ އަހަރުތަކުގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް