ads
ދިވެހި ފައިސާ: ފޮޓޯ މޯލްޑިވްސް އެކްސްޕާޓު
ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް 2019: ރާއްޖެ ދެ ދަރަޖަ ފަހަތައް
ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލުން ކޮންމެ އަހަރަކު ވެސް ނެރެމުން އަންނަ "ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް"ގައި ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ރާއްޖެ ފަހަތައް ޖެހި މިދިޔަ އަހަރަށް ވުރެ ދެ ދަރަޖަ ފަހަތައް ޖެހިއްޖެ އެވެ.

މިއީ އެ ރިޕޯޓުގައި 50 އަށް ވުރެ ދަށުން ޕޮއިންޓް ލިބުނު ތިން ބައި ކޮށްފަ ދެ ބައި ގައުމުތަކުގެ ގިންތީގައި ރާއްޖެ ހިމެނުނު ފަސް ވަނަ އަހަރެވެ.

ކޮރަޕްޝަން މަދު ގައުމުތަކަށް މަތިން މާކްސް ލިބޭއިރު ކޮރަޕްޝަނުގައި ބޮޑަށް ޖެހިފައިވާ ގައުމުތައް ދަށް މާސްކްތައް ލިބޭގޮތަސް ގިންތިކުރާ ރިޕޯޓުގައި ރާއްޖެ އަށް 2018 ވަނަ ލިބިފައިވަނީ 31 ވަނަ އެވެ.

މިއަދު ޓްރާންސްޕޭރަންސީން ނެރުނު 2019 ވަނަ އަހަރުގެ ރިޕޯޓުން ފެންނަ ގޮތުން ރާއްޖެ މިހާރު  އޮތީ 29 ވަނައިގައެވެ.

މީއި ދެ ދަރަޖައިގެ ވެއްޓުމެކެވެ. 

your imageކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް: 2019



ދުނިޔޭގެ 180 ގައުމެއްގެ ކޮރަޕްޝަނުގެ ހާލަތު ގިންތި ކޮށްފައިވާ ރިޕޯޓުން ރާއްޖެ އަށް މި ފަހަރު 29 ޕޮއިންޓް ލިބުމުން ރާއްޖެ އޮތީ 130 ވަނައިގައެވެ. 2018 ވަނަ އަހަރުގެ އޮތީ 124 ވަނާގަ އެވެ.

ކޮރަޕްޝަންގެ އިންޓެކްސްގައި ރާއްޖެ ފަހަތައް ޖެހިފައިވާއިރު، ކޮރަޕްޝަން ހުއްޓުވުމަށް ސަރުކާރުން ގެންގުޅޭނީ 'ޒީރޯ ޓޮލަރެންސް' ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ އިއުލާނުކުރައްވާފައެވެ. 


ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތައް ހިންގި އިރު އެ މަޝްރޫއުތަކާ އެކު ބޮޑެތި ކޮރަޕްޝަންތައް ހިންގާ ކަމުގެ ތިހުމަތު އަމާޒުވެފައި އޮތް އިރު 2016 އިން ފެށިގެން ރާއްޖޭގެ ކޮރަޕްޝަނުގެ ހާލަތު ވަރަށް ބޮޑަށް ދައްވަމުން ދިޔައެވެ.

އެގޮތުން 2016 ވަނަ އަހަރު ރާއްޖެ އަށް 36 ޕޮއިންޓް ލިބުނު އިރު 2017 ވަނަ އަހަރު ލިބުނީ 33 ޕޮއިންޓެވެ.

ރޭންކިން އަށް ބަލާނަމަ 2016 ވަނަ އަހަރު ރާއްޖެ އޮތީ 95 ވަނާގަ އެވެ. އަދި 2017 ވަނަ އަހަރު އޮތީ 112 ވަނާގަ އެވެ. 2018 ވަނަ އަހަރު 124 ވަނަ އަށް ވެއްޓުނެވެ. 

ނިމިދިޔަ 2019 ވަނަ އަހަރަކީ ފާއިތުވީ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ މި އިންޑެކްސްގައި އެންމެ ފަހަތުން ސްކޯ ކުރި އަހަރެވެ.

ރާޢްޖެއިން މިހާތަނަށް އެންމެ މަތީ ދެރަ ދަރަޖައެއް ހޯދާފައިވަނީ 2011 ވަނަ އަހަރު އެވެ. އެއީ 134 ވަނަ ދަރަޖައެވެ.

25%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް