ads
ފުލުހުން ކަނޑުމަތީގައި ހަރަކާތްތެރިވަނީ:--
ކަނޑުތައް ގަދަވާނެ، މިއަދު ވެސް އުދައެރުން އެކަށީގެންވޭ!
ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށާއި އަދި ބައެއް ރަށްރަށް އުދައެރުން އެކަށީގެންވާތީ މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.

މެޓް އޮފީހުން ބުނީ މެދުތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ގުގުރުން އެކަށީގެންވޭ އަދި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވޭކަމަށެވެ.

 

އިރުއުތުރާއި އިރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ.  އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެން ވާކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ. 

"މެދުތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެ. ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ. މެދުތެރެއާއި އުތުރުގެ އަތޮޅުތަކުގައި ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަކީ އެދެވިގެންވާކަމެއް. ދިޔަވަރު ބޮޑުވާގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާކަމެއް،" މެޓް އޮފީހުން ބުންޏެވެ. 

 މެޓް އޮފީހުން މިހެން ބުނެފައިވާއިރު، ރ. އިނގުރައިދޫ އާއީ ކިނޮޅަހަށް ވަރަށް ބޮޑަށް އުދަ އަރައި ގެއްލުންތަކެއް އިއްޔެ ވަނީ ވެފައެވެ. ބޯޓު ފަހަރަށް ބަނދަރަށް ކައިރި ނުކުރެވޭ ވަރަށް އެ ދެ ރަށަށް އުދަ އެރިއެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް