ads
ޕީޕީއެމްގެ ޖަލްސާގެ ތެރެއިން. ފޮޓޯ: ސޯޝަލް މީޑިއާ
ޕީޕީއެމް އިން ވެސް ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ވާދަ ކުރަން ނިންމައިފި
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ވާދަކުރަން ނިންމާފައި ވާކަމަށް އެޕާޓީއިން އިއުލާން ކޮށްފިއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ، އެދާއިރާގެ މެމްބަރު ކަމުގައި ހުންނެވި، އެމްޑީޕީގެ މެމްބަރު ހުސެއިން ވަހީދު ކެންސަރު ބަލީގައި އަވަހާރަވުމުންނެވެ.

އޭނާ އަވަހާރަވީ އެ ބަލީގައި ހާލު ސީރިއަސްވެ، އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށެވެ. ކެންސަރު ބަލީގައި ހުސައިން ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. 

ކޮމަންޑޫ ދާއިރާޣެ ބައި އިލެކްޝަން ގުޅޭގޮތުން ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ނަމުގައި ވާދަ ކުރަން އެދޭ ފަރާތްތަކުގެ މެދުގައި ބާއްވާ ޕްރައިމަރީގެ ވޯޓު ނެގުން ޑިސެމްބަރު 26 ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހު 2:00 އިން 5:00 އަށް ކޮމަންޑޫ ދާއިރާއަށް ނިސްބަތްވާ ށ.ކޮމަންޑޫ، ށ.މަރޮށި، ށ.ފޯކައިދޫގެ އިތުރުން މާލޭގައި ކުރިއަށް ގެންދާނެ ކަމަށެވެ.

މި ދާއިރާއަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 30 ގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލައިފަ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ އަންނަ ފެބުރުއަރީ ފަސް ވަނަ ދުވަހު ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ނިންމައިފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް