ads
އިމިގްރޭޝަނުން އާންމުކުރި ވީޑިއޯގެ ސްކްރީން ޝޮޓެއް
ބައެއް ބެލެނިވެރިން ފިހާރަތަކުން ގަންނަ ތަކެތި ސާފުތާހިރެއް ނޫން!
ސްކޫލުކުދިންގެ ބެލެނިވެރިން ގަންނަ ބައެއް ތަކެތި ހަދަނީ ސާފުތާހިރުކަމަށް ސަމާލުކަން ނުދީކަން މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އާންމުކުރި ވީޑިއޯއަކުން ހާމަވެއްޖެއެވެ.

އިމިގްރޝަނުން އާންމު ކުރި ވީޑިއޯއިން ފެންނަނީ، ބިދޭސީން ކާބޯތަކެތި ހަދާތަން ކަމަށް އެ ޑިޕާޓުމަންޓުން ބުނެއެވެ. 

"ސާފުތާހިރުކަމަށް އެއްވެސް ސަމާލުކަމެއް ނުދީ ބިދޭސީން ކާބޯތަކެތި ތައްޔާރުކުރަމުންދާކަން އިމިގްރޭޝަނުން ހިންގި ރޫޓިން އިނިސްޕެކްޝަންތަކުގައި ފާހަގަވެފައިވޭ،" އިމިގްރޭޝަނުން ބުނެފައިވެއެވެ. 

އެ ވީޑިއޯއިން ފެންނަނީ ސާފުތާހިރުކަން ވަރަށް ދަށް ތަންތަނުގައި ކާބޯތަކެތި އުފައްދާތަނެވެ. 

"މިތަކެތި ތެރޭގައި އިންޓަވަލް ގާޑިގައި ސްކޫލްކުދިންނަށް ދިނުމަށް ބައެއް ބެލެނިވެރިން އާންމުކޮށް ފިހާރަތަކުން ގަނެއުޅޭ ބާވަތްތައް ހިމެނޭކަން ފާހަގަކުރެވިފައިވޭ،" 

6%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
69%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް