ހައިކޯޓުން އަންގާރަ ދުވަހު ކުރި ހުކުމުން އެނގުނު ގޮތުގައި ހައްޔަރުކޮށްފައިވަނީ، ސުގަންޔާ ނާގަރާޖަން ކިޔާ އިންޑިޔާ މީހެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ، އިންޑިޔާ އެހެން މީހަކައް އަނިޔާކޮށް، މަރާލަން އުޅުމުގެ ހެކި ހުރެގެންނެވެ. އޭނާއަކީ ޓޫރިސްޓް ވިސާގައި ރާއްޖެ އައިސް އިންޑިޔާގެ ކުންފުންޏަކަށް މަސައްކަތް ކުރަމުންދާ މީހެކެވެ. އޭނާއާއެކު މަސައްކަތް ކުރަމުންދާ އިންޑިޔާ ގްރޫޕުގެ ތެރޭގައި އެ ކުންފުނީގެ ހިއްސާދާރުންވެސް ހިމެނެއެވެ.
މި ކުންފުނި އޮޕަރޭޓް ކުރަން ފަށާފައިވަނީ ރައީސް ޔާމީންގެ ލީގަލް ޓީމުގައި ހިމެނޭ ލޯޔަރެއްގެ އެހީތެރިކަމާއެކު ކަން ހުކުމުން އެނގެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ކުންފުންޏަކީ ރައީސް ޔާމީންގެ ލީގަލް ޓީމުގައި ހިމެނޭ ލޯޔަރެއްގެ އާއިލީ މަސްލަހަތުވެސް ހިމެނޭ ކުންފުންޏެކެވެ. ހައިކޯޓުގެ ހުކުމުން އެނގޭ ގޮތުގައި މި ކުންފުނި ހަދަން، ޔާމީންގެ ލީގަލް ޓީމުގެ މެންބަރަކު އެހީތެރިވެފައިވެއެވެ. އެކަން ފުލުހުންނަށް ދީފައިވާ ބަޔާންތަކުން އެނގެއެވެ.
ގާނޫނާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުން ދިޔަ މި އިންޑިޔާ ގްރޫޕުގެ މީހާއާ މެދު ދައުލަތުން ޖިނާއީ ބޮޑެތި ތުހުމަތުތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި އިންޑިޔާ މީހަކު މަރާލަން މަސައްކަތް ކުރިކުރުންވެސް ހިމެނެއެވެ. ހައިކޯޓުގެ ރިޕޯޓުން އެނގުނު ގޮތުގައި އިންޑިޔާގެ މި ގްރޫޕުގެ މީހުންގެ މެދުގައި ޖެހުނު ބައެއް މައްސަލަތައް ހައްލުކުރުމަށް ޔާމީންގެ ލީގަލް ޓީމުގައި ހިމެނޭ މީހަކުވަނީ ހަރަދުވެސް ކޮށްފައެވެ. އަދި މި ގްރޫޕުގެ މެދުގައި ހިނގި މާރާމާރީއެއްގެ ކަންތައްވެސް އެ ލޯޔަރަށް އެނގޭނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އިންޑިޔާ ގްރޫޕަކުން ރާއްޖޭގައި ގާނޫނާ ހިލާފަށް މަސައްކަތް ކުރަމުންދާކަން ފަޅާއެރިއިރު، އިންޑިޔާގެ މަހުޖަނެއް އަތުން ރައީސް ޔާމީން ރިޝްވަތު ހޯދަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައުލޫމާތުތަކެއްވެސް މި ފަހުން އާއްމުވެފައިވެއެވެ.