ads
އިންޑިއާގެ ގުޖްރާތް
އަންހެނަކަށް ކިޔާ ނަމާއި ކުއްތާ އަކަށް ކިޔާ ނަން އެއްގޮތްވުމުން ހުޅުޖަހާ ޒަހަމް ކޮށްލައިފި
އަންހެނަކަށް ކިޔާ ނަމުން ކުއްތާއަކަށް ނަންދިނުމުގެ ސަބަބުން މައްސަލަ ހޫނުވެ މީހެއްގައިގައި ރޯކޮށްލައިފި އެވެ.

އިންޑިއާގެ ގުޖުރާތުގައި ހިނގި މިހާދިސާގެ ސަބަބުން އެސަރަހައްދުގެ ފުލުހުން ވަނީ 04 މީހަކު މިހާތަނަށް ހައްޔަރު ކޮށްފައެވެ. އަދި އިތުރު ބަޔަކު ހޯދަމުން އަންނަ ކަމަށްވެސް ގުޖުރާތުގެ ފުލުހުން ވަނީ ބުނެފައެވެ. 

މި ހާދިސާ ހިނގުމަށް މެދުވެރިވީ، ގުޖުރާތުގެ އަވަށެއްގައި ދިރިއުޅެމުންދިޔަ އަންހެނެއް އެމީހުން ގޭގައި ގެންގުޅެން ގެނައި ކުއްތާއަށް "ސޯނޫ" ކިޔުމުންނެވެ. "ސޯނޫ" އަކީ ކުއްތާ ގެނައި ގެއާއި ޖެހިގެން ހުންނަ ގޭގައި ދިރިއުޅެމުންދާ އަންހެނަކަށް ކިޔާ ނަމެކެވެ. 

"ސޯނޫ އަކީ އެ އަންހެން މީހާގެ އަވައްޓެރިއަކަށް ކިޔާ ނަން. އަންހެން މީހާ ގެނައި ކުއްތާ އަށްވެސް ކިޔަނީ ސޯނޫ. މިކަމާއި މެދު ދެ ގޭގެ މީހުން ޒުވާބު ކުރާތާ ދުވަސްތަކެއް ވެދާނެ. އެންމެ ފަހުން މި މައްސަލަ ހޫނުވެގެން ގޮސް، ކުއްތާ ގެނައި އަންހެން މީހާ ގައިގައި ރޯކޮށްލީ، މިކަމުގެ ތަހުގީގުތައް ކުރަމުން މިދަނީ." އެސަރަހައްދުގެ ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ. 

މިހާދިސާގައި ފިހުނު މީހާގެ ހަށިގަނޑުގެ 75 އިންސައްތަ ވަނީ ފިހިފައެވެ. އަދި އެމީހާއަށް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ އިރު އޭނާގެ ހާލު ސީރިއަސް ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް