ސުކޫލް އިމާރާތުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން
3 ރަށެއްގެ ސުކޫލް އިމާރާތުގެ މަސައްކަތް ތިން ކުންފުންޏަކަށް: އަގު 43 މިލިޔަން ރުފިޔާ
Share
ނ އަތޮޅު މަދަރުސާގެ 03 ބުރީގެ އިމާރާތާއި، މުންދޫ ސްކޫލުގެ 12 ކްލާސްރޫމް އިމާރާތުގެ އިތުރުން ފުނަދޫ ސްކޫލުގެ 15 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފިއެވެ.
Advertisement

ނ.އަތޮޅު މަދަރުސާ (ނ. މަނަދޫ) ގެ 3 ބުރީގެ އިމާރާތުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ، މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. 

15,361,325.49 ރުފިޔާއަށް މިމްސަ ކޮންސްޓްރަކްޝަން އާއި ހަވާލު ކުރި މި މަސައްކަތް 360 ދުވަހުގެ ތެރޭ ނިންމާ އެޑިއުކޭޝަން މިނިސްޓްރީއާއި ހަވާލު ކުރަންޖެހެއެވެ. 

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒް ސޮއި ކުރެއްވި އިރު، މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެގްރިމަންޓްގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އޮފް އޮޕަރޭޝަން ޔާސީން ނައީމްއެވެ.

މީގެ އިތުރުން ހދ.ކުމުންދޫ ސްކޫލުގެ 12 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ، ވޭވް ލެންތް ޕްރައިވެޓް ލިމިޓެޑާއެވެ. 

މި މަސައްކަތަކީ 12,616,224.72 ރުފިޔާގެ މަސައްކަތެކެވެ. އެކުންފުނިން މިމަސައްކަތް މުޅިން ނިންމާ 365 ދުވަސް ތެރޭ މިނިސްޓްރީއާއި ހަވާލު ކުރަންޖެހެއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒް އެއްބަސްވުމުގައި ސޮއި ކުރެއްވިއިރު،  ވޭވް ލެންތް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއީލް ޖަލީލްއެވެ. 

360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ށ.ފުނަދޫ ސްކޫލުގެ 15 ކްލާސްރޫމް އިމާރާތުގެ މަސައްކަތް 15,316,272.89 ރުފިޔާއަށް ހަވާލު ކުރީ، ސްވިފްޓް އިންޖީނިއަރިންގ ޕްރައިވެޓް ލިމިޓެޑާއެވެ. 

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒް ސޮއި ކުރެއްވި އިރު، ސްވިފްޓް އިންޖީނިއަރިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ މުހައްމަދު ޒުބައިރުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް