ads
ހައިކޯޓުގައި ހުރި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ހުރިހާ މައްސަލައެއް މާރިޗު މަހުގެ ނިޔަލަށް ނިންމަނީ
ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވިފައިވާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ހުރިހާ މައްސަލައެއް އަންނަ މާރިޗު މަހުގެ ނިޔަލަށް ނިންމުމަށް ހައިކޯޓުން ޓާގެޓެއް ކަނޑައަޅައިފިއެވެ.

ހައިކޯޓުގެ މީޑިއާ އޮފިސަރ އަމީން ފައިސަލް ވިދާޅުވީ، ދިވެހިރާއްޖޭގެ ހައިކޯޓުގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 40 މައްސަލަ އިސްތިއުނާފުކުރެވިފައި އެބައޮތް ކަމަށެވެ. މީގެ ތެރެއިން 8 މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނު ގޮފީގައި އިސްތިއުނާފު ކުރެވިފައިވާ 8 މައްސަލަކަމަށްވެސް އަމީން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 40 މައްސަލައިގެ ތެރެއިން 27 މައްސަލައަކީ ދައުލަތުން އިސްތިއުނާފުކޮށްފައިވާ މައްސަލަތަކެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް މާރިޗު މަހުގެ ނިޔަލަށް ނިންމަން ހައިކޯޓުން ޓާގެޓްކޮށްފައިވާއިރު،  ކޯޓަށް ހުށަހަޅާ ދުވަހުން ފެށިގެން ހަ މަސް ތެރޭގައި ކުޑަކުދިންގެ މައްސަލަތައް ނިންމަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންވަނީ ކޯޓުތަކަށް އަންގާފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް