ads
މެކްޑޮނަލްޑްސް ގެ ޑެލިވަރީ އެއް
ޖަޕާންގެ މެކްޑޮނަލްޑްސް ރެސްޓޯރަންޓުތަކުން ޗިޕްސް ހުސްވަނީ
125.8 މިލިއަން މީހުންގެ އަބާދީއެއް އޮންނަ ޖަޕާނުގެ މެކްޑޮނަލްޑްސް ރެސްޓޯރަންޓު ތަކުން (ފްރެންޗް ފަރައިސް) ޗިޕްސް ހުސެވެދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ފާސްޓް ފުޑް ކުންފުނި މެކްޑޮނަލްޑްސް އިން ޖަޕާނުގައި ހިންގަމުން އަންނަ ރެސްޓޯރަންޓު ތަކުން ޗިޕްސް ހުސެވެދާނެ ކަމުގެ ބިރު ހީވެފައި ވަނީ، ޗިޕްސް ހެދުމަށް ބޭނުންވާ އަލުވީގެ ބާވަތް ލިބުމުގައި ދަތިތަކެއް ދިމާވުމުގެ ސަބަބުންނެވެ.  

މިދިޔަ ހުކުރު ދުވަހުން ފެށިގެން އެގައުމުގެ މެކްޑޮނަލްޑްސް ރެސްޓޯރަންޓުތަކުން ވިއްކަމުންދާ ޗިޕްސްގެ ޕޯޝަން ވަނީ ކުޑަކޮށްފަ އެވެ. އަދި ކޮންމެ މީހަކަށް ވިއްކަމުންދަނީ އެންމެ ޕޯޝަން އެކެވެ. 

މިކަމާއި ގުޅިގެން އެކުންފުނިން ބުނީ، މެދުކެނޑުމެއް ނެތި ޗިޕްސް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކައްތަކެއް ކުރަމުން އަންނަ ކަމަށާއި، އަލުވި ލިބުމުގައި ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް ކޮންޓެކްޓަރުންނާއި ވާހަކަތައް ދެކެވެމުން އަންނަ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ލިބޭ ދަތިތަކަށް މާފަށް އެދޭ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ. 

މީގެ އިތުރުން އެކުންފުނިން ބުނީ، އަލުވި ލިބުމުގައި ދަތި ތަކެއް ކުރިމަތި ވެފައިވަނީ، އަލުވި ބަރުކޮށްގެން ދަތުރު ކުރަން ހަމަޖެހިފައިވާ ކާގޯ ބޯޓުތައް ވިއްސާރައިގެ ސަބަބުން ނުފުރި ލަސްވަމުން ދިއުމާއި ގުޅިގެން ކަމަށެވެ. އެހެން ކަމުން އަލުން އަލުވިތައް ފްލައިޓް ތަކުން ފެކްޓްރީއަށް ގެނައުމަށް މަސައްކަތް ކުރާކަމަށްވެސް އެކުންފުނިން ވަނީ ބީބީސީއަށް ދިން އިންޓަވިއުއެއްގައި ބުނެފައެވެ. 

ޖަޕާނުން މެކްޑޮނަލްޑްސް ގެ ޗިޕްސް ބޭނުންވާވަރަށް ނުލިބޭތީ ގިނަ ބަޔަކު އަންނަނީ މެކްޑޮނަލްޑްސް ބޮއިކޮޓް ކުރުމަށް ގޮވާލަމުންނެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް