ads
ބަންގްލަދޭޝްގެ ބޮޑުވަޒީރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި
ޝައިހް ހަސީނާގެ ދަތުރުފުޅުގައި ބަންގްލަދޭޝް ރައްޔިތުންނާ ބައްދަލު ކުރައްވާނެ
ރާއްޖެއަށް ބަންގްލަދޭޝްގެ ބޮޑު ވަޒީރު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާއްޖޭގައި ތިބި ބަންގްލަދޭޝް ރައްޔިތުންނާ ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ބަންގްލަދޭޝްގެ ބައެއް ނޫސްތަކުން ބުނެފައިވަނީ  "ވާޗުއަލް ކޮމިއުނިޓީ ރިސެޕްޝަނެއް" ބާއްވަން ހަމަޖެހިފައިވާ ކަމަށާއި، އޭގައި އެކަމަނާ ބައިވެރިވެވަޑައިގަންނަވާނީ 24 ވަނަ ދުވަހު ކަމަށެވެ. 

ހަ ދުވަހުގެ މުއްދަތަށް އެކަމަނާ ކުރައްވާ މިދަތުރުފުޅުގައި ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބަންގްލަދޭޝްގެ ރައްޔިތުން ގަވާއިދަށް ފެއްތުމަށް މަސައްކަތް ކުރައްވާނެ އެވެ. ހަމައެއާއެކު އަލުން މީހުން އެތެރެ ކުރުމާބެހޭ ގޮތުަންނާއި، ބަންގްލަދޭޝްގައި ދިވެހީންނަށް ތައުލީމާއި ތަމްރީން ދިނުމަށް ހުރި ފުރުސަތުތައް ހުށަހަޅުއްވާނެ ކަމަށް އެގައުމުގެ ނޫސްތައް ބުނެއެވެ. 

މިދަތުރުފުޅުގައި އެމްއެންޑީއެފްއަށް 13 އުޅަނދު ހަދިޔާ ކުރައްވާނެއެވެ. 

ރާއްޖެއާ ބަންގްލަދޭޝްއާ ދެމެދު މާޗް މަހުވަނީ ހަތަރު އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. އެއީ ވިޔަފާރިއާއި ޓޫރިޒަމާއި މަސްވެރިކަމުގެ އިތުރުން ސިއްހީ ދާއިރާގެ އެމްއޯޔޫ ތަކެކެވެ. 

ނޮވެމްބަރު މަހުންފެށިގެން ރާއްޖެއާ ބަންގްލަދޭޝްއާ ދެމެދު ވަނީ ޑައިރެޓް ފްލައިޓްތައް ފެށިފައެވެ. 

ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ވިދާޅުވާ ގޮތުގައި ރާއްޖޭގައި އަލަށް ހުޅުވާ ރިސޯޓްތަކުން ބަންގްލަދޭޝް މީހުންނަށް ވަޒީފާގެ ފުރުސަތުތައް ލިބޭނެއެވެ. އޭގެ އިތުރުން އޭނާ ވިދާޅުވީ ކޮވިޑްގެ ހާލަތަށްފަހު ސިއްހީދާއިރާއަށް ވެސް ބަންގްލަދޭޝްގެ ޑޮކްޓަރުންނާއި ނަރުހުން ރާއްޖެއަށް ބޭނުންވެފައިވާކަމަށެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް