ދެގައުމުގެ ދެމެދު ޑަބަލް ޓެކްސް އޮއިޑެންސް އެގްރިމެންޓްގައި ސޮއި ކުރުމަށްފަހު
ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު ޑަބަލް ޓެކްސް އެވޮއިޑަންސް އެގްރިމަންޓެއްގައި ސޮއިކޮށްފި
Share
ރާއްޖެ އާއި ބަންގްލަދޭޝް އާ ދެމެދު އެކުލަވާލާފައިވާ "ޑަބަލް ޓެކްސް އެވޮއިޑެންސް" (ޑީ.ޓީ.އޭ) އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
Advertisement

މި އެއްބަސްވުމަކީ ދެ ގައުމުގެ ވިޔަފާރިތަކުގެ މެދުގައި ކުރެވޭ މުއާމަލާތްތަކުން އެއް އާމްދަނީއަކުން ދެ ފަހަރަށް ޓެކްސް ކުރުން ހުއްޓުމަކަށް ގެނެސް، ދެ ގައުމުގެ ޓެކްސް ދައްކާ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމުގެ އިތުރުން ޓެކްސްއަށް މަކަރުހެދުމުގެ ދޮރުތައް ބަންދުކުރުމުގެ މަޤްސަދުގައި ވެވޭ އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައިވަނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލެވެ. އަދި ބަންގްލަދޭޝްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ބަންގްލްދޭޝްގެ ނެޝަނަލް ބޯޑް އޮފް ރެވެނިއުގެ ޗެއާމަން އަދި އިންޓަރނަލް ރިސޯސަސް ޑިވިޝަންގެ ސީނިއަ ސެކެޓްރީ އަބޫ ހެނާ އެމް.ޑީ ރަޙްމަތުލް މުނީމްއެވެ.

މި އެއްބަސްވުމާ ހަމައަށް އައުމަށްޓަކައި ދެ ގައުމުގެ ދެމެދު ދެ ފަހަރެއްގެ މަތިން، 2017 ވަނަ އަހަރު އަދި 2019 ވަނަ އަހަރު، ރާއްޖެ އަދި ބަންގްލަދޭޝްގައި، މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ. މިއީ، ރާއްޖެ އާއި ބޭރު ގައުމަކާއިއެކު މިގޮތަށް ވެފައިވާ ދެވަނަ އެއްބަސްވުމެވެ. މި ގޮތުން، 2017 ވަނަ އަހަރު ރާއްޖެއިން ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއެކު ޑަބަލް ޓެކްސް އެވޮއިޑަންސް އެގްރިމަންޓެއްގައި ސޮއިކޮށްފައެވެ.

ރާއްޖޭގެ ޓެކްސް ނިޒާމް ވަރުގަދަކޮށް، ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ ޓެކްސް ނިޒާމެއް ތަންފީޒުކުރުމުގެ ގޮތުން މީރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހަރުދަނާ ޓެކްސް ޓްރީޓީ ނެޓްވޯކެއް ގާއިމްކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާކަމަށް މީރާއިން މައުލޫމާތުދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް