ads
އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި މޫސާ ފަތުހީ ވާހަކަ ދައްކަވަނީ
ކޮމަންޑޫ ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ފަތުހީ ވާދަ ކުރައްވަނީ
ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާދަމް ވާދަކުރެއްވުމަށް ހަމަޖެހިއްޖެއެވެ.

ޕީޕީއެމްގެ ފަރާތުން ފަތުހީ ވާދަކުރައްވާ ގޮތަށް ހަމަޖެހުނީ، އެޕާޓީއިން މި ގޮނޑިއަށް ވާދަކުރާ ކެންޑިޑޭޓަކު ހޮވުމަށް ހުޅުވާލި ފުރުސަތުގައި ފަތުހީ ނޫން ބޭފުޅަކު ނަން ހުށައަޅުއްވާފައި ނުވާތީ އެވެ. 

ފަތުހީ ވަނީ މީގެ ކުރިން ރައީސް ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުވެސް ފުރުއްވާފަ އެވެ. މީގެ އިތުރުން ފަތުހީ ވަނީ، ށ. އަތޮޅުގެ އަތޮޅުވެރިކަން ވެސް ކުރައްވާފަ އެވެ. 

ފަތުހީ އެންމެ ފުރަތަމަ ސިޔާސީ މަސައްކަތައް ނިކުތީ 1986 ވަނަ އަހަރު ކޮމަންޑޫ ކަތީބު ކަމުގެ މަގާމުންނެވެ. 

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 05 ވަނަ ދުވަހު ބާއްވާގޮތަށް އިލެކްޝަން ކޮމިޝަނުން ވަނީ އިއުލާން ކޮށްފައެވެ. 

މި ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އީސީ އިން ނިންމެވީ އެދާއިރާގެ މެމްބަރު ކަމުގައި ހުންނެވި ހުސެއިން ވަހީދު ކެންސަރުގެ އާލާސް ކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އަވަހާރަ ވުމާއި ގުޅިގެންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް