ads
ދިރާގުގެ އާ ހިދުމަތްތައް ގޮއިދޫގައި އިފްތިތާހު ކުރުން-- ފޮޓޯ: ދިރާގު
ދިރާގު ޓީވީ އަދި އިންޓަނެޓުގެ ހިދުމަށް ގޮއިދޫއަށް ތައާރަފް ކޮށްފި
ފައިބަރ ބްރޯޑް ބޭންޑުގެ ހިދުމަތުގެ އިތުރުން ދިރާގު ޓީވީގެ ހިދުމަށް ބ އަތޮޅު ގޮއިދޫގައި ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.

ގޮއިދޫގައި ދިރާގުގެ މި ދެ ހިދުމަތް އިފްތިތާހު ކޮށްފައިވާއިރު، އެރަށުން މި ހިދުމައްތަކަށް އެދޭ ފަރާތްތަކަށް ހާއްސަ އޮފާ ތަކެއް ހުޅުވާލާފައި ވާކަމަށް ދިރާގުން ވަނީ ބުނެފައެވެ. 

ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖްއަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ފައިބާ ގުޅައިދިނުމުގެ ހިދުމަތުގެ އިތުރުން އޯ.އެން.ޓީ ވެސް ހިލޭ ލިބިގެންދާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. މީގެ އިތުރުން ޓީވީގެ ހިދުމަތަށް އެދޭ ފަރާތްތަކަށް ހިލޭ ކަނެކްޝަން ގުޅައި ދިނުމުގެ އިތުރުން، ޑީކޯޑާ ހިލޭ ލިބިގެން ދާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. 

ދިރާގު ޓީވީގެ ޒަރިއްޔާއިން ބެލުންތެރިންނަށް އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭނެއެވެ. އެގޮތުން 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. 

ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ޑިޒްނީ ޗެނަލްތައް، ސޮނީގެ ސްޕޯރޓްސް ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައިފުޑް ނެޓްވޯރކް، ސްޓަރ ގެ ޗެނަލްތައް، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ޤްރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެއެވެ.

ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ %77 ގޭބިސީއަށް މިހާރު ދިރާގުޓީވީ ހިދުމަތް ވަނީ ފޯރުކޮށްދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް