ads
ފުލުހުން މާދަމާ ބަންދުކުރަން ހަމަޖެހިފައިވާ ސަރަހައްދު
ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގައި ހުރި ވެހިކަލްތައް ނަގަން އަންގައިފި
ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދު މާދަމާ ބަންދު ކުރުމަށް ނިންމާފައި ވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

އެއިދާރާއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ޖުމްހޫރީ މައިދާން ސަރަހައްދު 26 ޑިސެންބަރު (މާދަމާ) 17:30 އިން ފެށިގެން އެކި ވަގުތުތަކުގައި އާއްމު ޓްރެފިކަށް ބަންދުކުރުމަށް ނިންމާފައި ވާކަމަށެވެ.

އަދި މި ސަރަހައްދުގެ ޕާކިންގ ޒޯން ތަކުގައި ޕާކު ކުރުން މަނާ ވާނެ ކަމަށާއި، މި ސަރަހައްދުގައި މިހާރު ޕާކު ކޮށްފައި ހުރި އުޅަނދުތައް މާދަމާގެ 14:00 ގެ ކުރިން ނެގުމަށްވެސް ވަނީ އަންގާފައެވެ. 

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ކިބައިން ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާ ކޮށްފައެވެ. 

މާދަމާރޭ ޖުމްހޫރީ މައިދާނުގައި ބާއްވާ ހާއްސަ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގައުމާއި މުހާތަބު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. 

މި ޖަލްސާގައި ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ، ޝަރަފުގެ ބެޖާއި، އައްޑަނަ ދެއްވުން އޮންނާނެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް