ads
ޖޭއެސްސީގެ ރައީސް، އަދި ނާއިބު ރައީސްގެ އިތުރުން މެޖިސްޓްރޭޓް އަލީ އާދަމް
އިންޑިއާ ސަރުކާރަށް ފާޑުކީ މެޖިސްޓްރޭޓްގެ މައްސަލަ ބަލާތާ އަހަރެއް!
ޖުޑީޝަލް ސާވިސް ކޮމިޝަނުން، ހދ. އަތޮޅު އިސް މެޖިސްޓްރޭޓް އަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބަލަމުންދާތާ އަހަރަކަށްވުރެ ގިނަ ދުވަސްވީއިރުވެސް މައްސަލަ ނުނިމެއެވެ.

ހދ. އަތޮޅުގެ އިސް މެޖިސްޓްރޭޓްކަން އަލީ އާދަމަށް ޖޭއެސްސީން ދިނީ ވެސް އޭނާގެ މައްސަލަތަކެއް ބަލަމުން އަންނަކަން ޖޭއެސްސީން ހާމަކުރުމަށް ފަހުއެވެ. އެހެން ނަމަވެސް އެ މައްސަލަތައް ބަލަމުން އަންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްވީއިރުވެސް އެ މައްސަލަ ނިމުނުކަން ޖޭއެސްސީން ހާމަކޮށްފައެއް ނުވެއެވެ. 

އަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބަލަން ފެށިކަން ޖޭއެސްސީން ހާމަކުރީ 2020 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އަލީ އާދަމަށް އިސް މެޖިސްޓްރޭޓްކަން ދިނީ އެ މައްސަލަ ބަލަން ފެށިކަން ހާމަކުރިތާ މަހެއް ފަހުންނެވެ. އެ ފަހުން މިހާރު އަހަރެއް ވެއްޖެއެވެ.

ޖޭއެސްސީން ކުރިން ބުނެފައިވާ ގޮތުގައި އަލީ އާދަމާ ގުޅޭ ގޮތުން ބަލަމުން އަންނަނީ، ތަފްރީޤުކޮށްފައިވާ ކައިވެންޏެއް ރުޖޫއަކޮށްދިން ކަމަށް ބުނާ މައްސަލައަކާއި މުޒާހަރާތަކުގައި ބައިވެރިވެ ޝުއޫރު ފާޅުކޮށް ސޯޝަލް މީޑިއާގައި ފަނޑިޔާރަކު ހިއްސާކޮށްގެން ނުވާނެ ފަދަ ޚިޔާލުތައް ފާޅުކުރި މައްސަލައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މެޖިސްޓްރޭޓް އަލީ އާދަމްގެ މައްޗަށް ވަނީ އިންޑިއާގެ ބީޖޭޕީގެ ސަރުކާރަށް ފާޑުކިޔައި ފޭސްބުކްގައި ސިޔާސީ ވާހަކަ ދެއްކުމާއި، އަދި މީގެ އިތުރުން އަމިއްލަފުޅަށް ޖަމިއްޔާއެއް އުފައްދަވައި ހިންގަވާ ކަމުގެ ތުހުމަތުތަކެއް ކުރެވިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް