ads
ލޯންޗު އެކްސިޑެންޓުގައި އަނިޔާވި މުސްތަފާ---ފޮޓޯ: ޓްވިޓާ
ލޯންޗު ދުއްވަން އިން ކައްޕީގެ ހާލު އަންނަނީ ރަނގަޅުވަމުން: އައިޖީއެމްއެޗް
ބ. އަތޮޅު ދޮންފަނު ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ލޯންޗު ދުއްވަން އިން ކައްޕި މުހައްމަދު މުސްތަފާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ އިރު އޭނާގެ ހާލު މިހާރު ސްޓޭބަލް ވަމުން އަންނަ ކަމަށް އައިޗީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވެއްޖެ އެވެ.
ބ. އަތޮޅު ދޮންފަނު ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ލޯންޗު ދުއްވަން އިން ކައްޕި މުހައްމަދު މުސްތަފާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ އިރު އޭނާގެ ހާލު މިހާރު ސްޓޭބަލް ވަމުން އަންނަ ކަމަށް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވެއްޖެ އެވެ.

މުސްތަފާގެ ހާލަތާއި ގުޅޭ މައުލޫމާތު ސީއެންއެމާއި ހިއްސާ ކުރައްވަމުން މީޑިއާ އޮފިޝަލް ވިދާޅުވީ މުސްތަފާގެ ހާލަތު މިހާރު ވަރަށް ބޮޑަށް ސްތޭބަލް ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި ޑޮކްޓަރު ބެއްލެވުމަށް ފަހު ސާޖަރީގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވައިވާ ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މުސްތަފާގެ ވާތު ލޮލުގެ ތިރި ކަށިތަކެއް ބިންދައިގެން ގޮސް ލޯ ވަނީ ވަރަށް ބޮޑަށް ދުޅަވެފަ އެވެ. އެ ހާދިސާގައި ލޯންޗުގައި ހުރި ބިދޭސީ މީހާއަށް ވެސް އެކިވަރުގެ އަނިޔާ ލިބުނު ޑިންގީގައި ތިބި ތިން މީހުންގެ ތެރެއިން ދެ މީހަކަށް ވެސް އަނިޔާވި ނަަމަވެސް އެއިން އެއްވެސް މީހެއްގެ ހާލު ސީރިޔަސް ނޫން ކަމަށް އެ އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އެ އެކްސިޑެންޓު ހިނގީ ތިން މީހުންނާ އެކު ދަރަވަންދޫން ނުކުތް ޑިންގީ އަކާއި އެ އަތޮޅު އޭދަފުށިން ދަރަވަންދު އަށް ދަތުރުކުރި ލޯންޗެއް ޖެހިގެންނެވެ. ޑިންގީގައި ތިބި މީހުންގެ ތެރެއިން އޭދަފުށީ، މުސްތަރީގޭ ނަސްރުﷲ އަބްދުﷲ 41، ވަނީ އެ އެކްސިޑެންޓުގައި ކަނޑަށް ވެއްޓި ގެއްލިފަ އެވެ. ބ. އަތޮޅު ކައުންސިލްގެ ރައީސް މަބްރޫކް ނަސީރު ސީއެންއެމަށް މި މައުލޫމާތު ދެއްވަމުން ވިދާޅުވީ ލޯންޗުގެ ފަޅުވެރިއަކަށް ހުރި ބަންގްލަދޭޝް މީހާގެ ވާތު ކަންފަތް އެއްކޮށް ކަހަލަ ގޮތަކަށް ވަކިވެފައިވާ ކަމަށެވެ.

އެކަމަކު، އެތަން ފަހައި، އޭދަފުށީގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި އެ މީހާގެ ހާލުވެސް ރަނގަޅުވަމުން އަންނަ ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ. ޑިންގީން ވެއްޓި ގެއްލުނު ނަސްރުﷲ ހޯދުމުގެ މަސައްކަތް ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން އެމްއެންޑީއެފް ކޯސްޓް ގާޑާއި ފުލުހުން އަދި ބ. އަތޮޅުގެ ރިސޯޓުތަކުގެ ޑައިވަރުންގެ އިތުރުން ދަރަވަންދޫ ގެސްޓު ހައުސްތަކުގެ ޑައިވަރުންވެސް އަންނަނީ ކުރަމުން ކަމަށް ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ މާޖިދު ސީއެންއެމަށް މައުލޫމާތު ދެއްވަމުން ވަނީ ވިދާޅުވެފައެވެ.

އެކްސިޑެންޓުވި ޑިންޑީގައި ދަތުރު ކުރީ ތިން މީހުން ކަމަށާއި އޭގެ ތެރެއިން އެ ހާދިސާގައި ދެ މީހަކަށް އެކި ވަރުގެ އަނިޔާތަކެއް ލިބުނު ކަމަށާއި އެގޮތުން ޑިންގީ ދުއްވަން އިން ކުއްޖާގެ އަތަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށާއި ދެން ހުރި ކުއްޖާއަށްވެސް ބޭރުފުށުން ވަރަށް ގިނަ ޒަހަމްތަކެއް ލިބިފައިވާ ކަމަށްވެސް މާޖިދު ވިދާޅުވިއެވެ.

އެގޮތުން ނަޒީފްގެ ކަކުލާއި ފައިގެ އިތުރުން ދެ ދަށްވެސް ބިނދިފައިވާ ކަމަށް މާޖިދު ވިދާޅުވިއެވެ. އަދި ތުންފަތަށް އަނިޔާ ލިބި ކަނާތު ލޯމަތި ހުރީ ވަރަށް ބޮޑަށް ނޫފައިގެންފައި ކަމަށްވެސް މާޖިދު ވިދާޅުވިއެވެ. އެމްއެންޑީއެފްއާއި އާންމު ރައްޔިތުން ގުޅިގެން ކުރަމުންދާ މި މަސައްކަތުގައި ނަސްރުﷲ ވެސް އަދި އަޑިއަށް ދިޔަ ޑިންގީ ވެސް އަދި މިހާތަނަށް ފެނިފައިނުވާ ކަމަށް މައުލޫމާތު ލިބެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް