ads
އޭސީސީއޭ އެޕްރޫވްޑް އެމްޕްލޯޔަރ ސްޓޭޓަސް އެމްޓީސީސީއަށް ވަނީ ލިބިފައި
އޭސީސީއޭ އެޕްރޫވްޑް އެމްޕްލޯޔަރ ސްޓޭޓަސް އެމްޓީސީސީއަށް ލިބިއްޖެ
އޭސީސީއޭ އެޕްރޫވްޑް އެމްޕްލޯޔަރ ސްޓޭޓަސް އެމްޓީސީސީއަށް ލިބިއްޖެއެވެ.

ދި އެސޯސިއޭޝަން އޮފް ޗާރޓަރޑް ސަރޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ) އިން "އެޕްރޫވްޑް އެމްޕްލޯޔަރ" ސްޓޭޓަސް އެމްޓީސީސީއަށް އެވޯރޑު ކުރީ މިއަހަރުގެ އޮކްޓޯބަރ 23 ވަނަ ދުވަހުއެވެ. 

މި ސްޓޭޓަސް އެވޯރޑުކޮށްފައިވަނީ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ލެވަލް ގައެވެ. އޭސީސީއޭ ދަރިވަރުންނާއި، އެފިލިއޭޓުންނާއި އަދި މެމްބަރުން ވަޒީފާތަކަށް ހޯދާ، ތަމްރީންކޮށް، ބޭތިއްބުމުގައި އޭސީސީއޭ އެޕްރޫވްޑް އެމްޕްލޯޔަރ ސްކީމް މުހިއްމު ދައުރެއް އަދާކޮށްދެއެވެ. 

އެމްޓީސީސީއަށް އޭސީސީއޭ އެޕްރޫވްޑް އެމްޕްލޯޔަރ ސްޓޭޓަސް ލިބުމަކީ އެމްޓީސީސީގައި ވަޒީފާއަދާކުރާ އޭސީސީއޭ ދަރިވަރުންނާއި އެފިލިއޭޓުންނަށް މި ކުންފުނިން ފޯރުކޮށްދޭ ތަމްރީނާއި ކުރިއަށް ދިއުމަށް ހުރި ފުރުޞަތުތަކަކީ މަތީ ފެންވަރުގެ ތަމްރީންތަކެއްކަން ޔަޤީންކޮށްދޭ ކަމެކެވެ. އަދި އޭސީސީއޭ އެޕްރޫވްޑް އެމްޕްލޯޔަރ ސްޓޭޓަސް އެމްޓީސީސީއަށް ލިބިފައިވުމާއެކު، އެމްޓީސީސީގައި ވަޒީފާއަދާކުރާ އޭސީސީއޭ މެމްބަރުންނަށް އޭސީސީއޭގެ ޕްރޮފެޝަނަލް ޑިވެލޮޕަމަންޓް (ސީޕީޑީ)ގެ ޝަރުތުތައް ފުރިހަމަވެގެންދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް