ads
އެމްއެންޕީގެ ރައީސް ކާނަލް ނާޒިން ، ފޮޓޯ ވަގުތު އިމޭޖަސް
އޭސީސީ މެންބަރުން ވަކި ކުރުމުގައި ޒިންމާދާރުކަމެއް ނެތް: އެމްއެންޕީ
އެސީސީ މެންބަރުން ވަކި ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ޒިންމާދާރު ކަމެއް ނެތް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ން ބުނެފިއެވެ.

އެޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލިސް ރިސެސްގައި އޮތް ދުވަސްތަކެއްގައި، ދައުރުން ބޭރުން ޖަލްސާތައް ބާއްވާ އޭސީސީގެމެންބަރުން މަގާމުތައް ހުސްވެ، އެ ކޮމިޝަނަށް އަލުން މެންބަރުން އައްޔަންކުރުމަކީ އެކަމަށް ދިގު މުއްދަތެއް ހޭދަވާނެކަމެއް ކަމަށްވާއިރު، ޤާނޫނުއަސާސީން އުފައްދާފައިވާ މިފަދަ މުހިންމު މުއައްސަސާއެއްގެ މަސައްކަތްތައް ހުއްޓި، އެކޮމިޝަންޤާނޫނީ ހުސްކަމެއްގެ ތެރެއަށް ދިއުމަކީ އެކަމުގެ ސަބަބުން ޤާނޫނީ އިތުރު މައްސަލަތަކެއް ދިމާވާނެކަމެއްކަމަށްވާތީ،މިކަމުގައި މިކަމާ ގުޅުންހުރި ދައުލަތުގެ އިދާރާތަކުން ޒިންމާދާރުކަމާއެކު އަމަލުކުރުމަކީ މުހިންމުކަމެއް ކަމަށް އެޕާޓީން ދެކޭ ކަމަށެވެ. 

އަދި އޭސީސީފަދަ ދައުލަތުގެ މިނިވަން މުއައްސަސާތަކަށް އެކަށީގެންވާ ގޮތެއްގައި ޒިންމާ އަދާ ނުކުރެވެނީ ކޮންސަބަބު ތަކަކާ ގުޅިގެންކަން ބަލައި، އެ ކޮމިޝަންތަކުން މިނިވަންކަމާއި އިންސާފުވެރި ކަމާއި ހަމަކަމާއެކު ވަކިފަރާތަކަށް ނުޖެހި ސިޔާސީ ނުފޫޒުތަކުން އެއްކިބާވެ އެ ފަރާތްތަކުގެ ގާނޫނީ ޒިންމާ އަދާކުރުމަށް ބޭނުންވާ އެކަށީގެންވާ ވަސީލަތްތަކާއިބަޖެޓާއި ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރަށްގޮވާލާ ކަމަށްވެސް އެޕާޓީން ބުނެއެވެ.

އެންޓިކޮރަޕްޝަން ކޮމިޝަނަކީ ދައުލަތުގެ އެންމެހައި ދާއިރާތަކުން ކޮރަޕްޝަން ނައްތާލުމަށް، އެއްވެސް ފަރާތަކަށްބުރަނުވެ، މިނިވަންކަމާއެކު، ޖެހިލުމެއްނެތި މަސައްކަތްކުރުމުގެ މުހިންމު ޒިންމާ ޙަވާލުކޮށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެޤާނޫނުއަސާސީގެ 199 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ކޮމިޝަނެކެވެ.

އެހެންކަމުން އެމްއެންޕީން ބުނީ އެކޮމިޝަންގެ މެންބަރުން ވަކިކުރުމަށްޓަކާ ރައްޔިތުންގެ މަޖިލީހުންނާއި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން، ރައްޔިތުންގެ މަޖިލިސް ރިސެސްގައި އޮތް ދުވަސްތަކެއްގައި ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތައް ބާއްވައި، އަމަލުކޮށްފައިވާ ގޮތާމެދު އެ ޕާޓީންކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.
އެންޓިކޮރަޕްޝަން ކޮމިޝަންގެ މެންބަރުން މަގާމުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން 26 ޑިސެމްބަރ2021 ގައި ނިންމި މައިގަނޑު އެއް ސަބަބަކީ ކުރީގެ ސަރުކާރުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކާއި އެފަދަ އެހެނިހެން މައްސަލަތައްތަހްގީގުކޮށް އިންސާފު ގާއިމްކޮށްފައި ނުވުމެވެ. 

އެހެންނަމަވެސް، އެމްއެމްޕީއާރުސީގެ ހިޔާނާތްފަދަ މައްސަލަތައްބެލުމަށްޓަކައި އެކަމަށް ހާއްސަ "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" 17 ނޮވެންބަރު2018 ގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދަވައި، ގާނޫނީގޮތުން އޭސީސީއަށް ނުލިބޭ ބޮޑެތި ބާރުތަކެއް ގާނޫނު
ނަންބަރު 4/2010 (ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނު) އިން ޕްރެޒިޑެންޝަލް ކޮމިޝަންތަކަށް ދީފައިވާއިރު، 17 ނޮވެމްބަރ2018 އިން ފެށިގެން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާއި ކުރީގެ ސަރުކާރުން ހިންގާފައިވާ ހިޔާނާތުގެ އެހެނިހެންމައްސަލަތައް ބަލަމުންދަނީ އެސެޓް ރިކަވަރީ ކޮމިޝަންގެ ބެލުމުގެ ދަށުން ޕޮއިންޓް އިންވެސްޓިގޭޝަންއެއްގެ ގޮތުގައއެވެ.

އެހެންކަމުން ކުރީ ސަރުކާރުގެ ހިޔާނާތުގެ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ބެލިފައި ނެތްކަމަށްބުނެ ހަމައެކަނިއޭސީސީގެ މެންބަރުން ޒިންމާދާރުކުރުވުމަށް މަގާމުން ވަކިކުރުމަށް ނިންމުމަކީ އެންމެ އިންސާފުވެރިގޮތެއް ކަމަށް އެޕާޓީން ނުދެކޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އޭސީސީގެ މެންބަރުން މަގާމުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމި ދެވަނަ ސަބަބަކީ އޮޑިޓަރޖެނެރަލްގެ އޮފީހުން ހެއްދެވި "އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާމެދު އަމަލުކުރަމުންދާ ގޮތުގެޕަރފޯމަންސް އޮޑިޓް ރިޕޯޓް" ގައި ފާހަގަކޮށްފައިވާ ކަންކަމެވެ.

އެހެންނަމަވެސް އެ ރިޕޯޓަކީ މައިގަނޑުގޮތެއްގައި 1 ޖަނަވަރީ2015 އިން 31 ޖުލައި 2020 ގެ ނިޔަލަށް އޭސީސީން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ އޮޑިޓެއް ކަމަށްވާއިރު، އޭސީސީގައި މިހާރު ތިއްބެވި މެންބަރުންނަކީ 9 ސެޕްޓެމްބަރ 2019 ގައި އެ މަގާމަށްއައްޔަންކޮށްފައިވާ ފަރާތްތަކެއް ކަމުން، 1 ޖަނަވަރީ 2015 އިން 9 ސެޕްޓެމްބަރ 2019 ގެ ނިޔަލަށް އޭސީސީން ހިންގާފައިވާ ތަހުގީގުތަކުގައި އަމަލުކޮށްފައިވާ ގޮތުގެ ޒިންމާ އޭސީސީގައި މިހާރު ތިއްބެވި މެންބަރުން ނަންގަވަން ޖެހުމަކީ ހަމަޖެހޭކަމެއް ކަމަށް އެޕާޓީންނުދެކޭކަމަށްވެސް އެއެންޕީން ބުނެއެވެ.
,
"މީގެ އިތުރުން، އޭސީސީފަދަ ޤާނޫނުއަސާސީން އުފައްދާފައިވާ މުހިންމު ކޮމިޝަނެއްގެ ހުރިހާ މެންބަރުން ވަކިކުރަންވާނީ، އެކަށީގެންވާ ގޮތެއްގައި މައްސަލަތައް ދިރާސާކޮށްގެން ކަމަށްވާއިރު އެ ކޮމިޝަންގެ ތިން މެންބަރުން ޖަވާބުދާރީ ވުމުގެގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް 26 ޑިސެމްބަރ 2021 ވަނަ ދުވަހުގެ 10:00 ހާއިރު ފޮނުވި ލިޔުންތައް އެކޮމިޓީގެ މެންބަރުންނަށް 13:36 ގައި ޙިއްސާކުރުމަށްފަހު، 16:30 ގައި ކޮމިޓީގެ ބައްދަލުވުން ބާއްވައި، އޭސީސީގެ މެންބަރުން ވަކިކުރުމަށް ނިންމި ނިންމުމަކީ ކޮމިޓީގެ މެންބަރުންނަށް މިފަދަ މުހިންމު މައްސަލައެއް އެކަށީގެންވާ ގޮތެއްގައި ދިރާސާކުރުމުގެ ފުރުސަތު ދިނުމަށްފަހު ނިންމާފައިވާ ނިންމުމެއް ކަމަށްވެސް މިޕާޓީން ނުދެކެމެވެ." އެޕާޓީގެ ބަޔާނުގައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް