ads
އެސްޓީއޯއިން އެޖެންޓުން ހޯދަން އިއުލާނުކޮށްފި
އެސްޓީއޯ އިން ވިއްކާ ޕީޕަލްސް ޗޮއިސްގެ ބުރޭންޑްތައް ރާއްޖޭގެ ރަށްރަށުގައި ވިއްކުމުގެ މަސައްކަތް ކޮށްދޭނެ އޭޖެންޓުން ހޯދަން އެ ކުންފުނިން އިއުލާންކޮށްފި އެވެ.

އެ ކުންފުނިން ބުނީ އެކަމުގެ މަގުސަދަކީ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން އިން ދިވެހިރާއްޖެއަށް އެތެރެކޮށް ވިއްކާ ބުރޭންޑްތަކުގެ މުދާ ރާއްޖޭގެ ހުރިހާ ރަށެއްގައި ފަސޭހަކަމާއެކު ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދިނުމަށްޓަކައި، އަދި އެ ވިޔަފާރީގައި ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް ވިޔަފާރީގެ ފުރުސަތު ފުޅާކޮށްދިނުމުގެ ގޮތުން އޭޖެންޓުންނަށް ވުމުގެ ފުރުސަތު 27 ޑިސެމްބަރ 2021 ވާ ހޯމަ ދުވަހުން ފެށިގެންވަނީ ހުޅުވާލެވިފައެވެ. 

މި ފުރުސަތު ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލެވިފައިވާއިރު އެސްޓީއޯއިން އަބަދުވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ވަރަށް މުހިންމު އިސްކަމެއް ދެއެވެ. އެސްޓީއޯއިން ބޭނުންވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފަސޭހަކަމާއެކީގައި ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުމެވެ. އެގޮތުން އެސްޓީއޯ އެޖެންޓުގެ ގޮތުގައި އައްޔަންކުރެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ނުވަތަ ވިޔަފާރިއެއް ހިންގާ ފަރާތްތަކެވެ. މީގެއިތުރުން އޮންލައިން ވިޔާފަރި ކުރާ ފަރާތްތަކަށް ވެސް އެޖެންޓަކަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެއެވެ.

މިގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސް އޭޖެންޓަކަށް ވާން ބޭނުންފަރާތްތަކުން އެސްޓީއޯ ޕީޕަލްސް ޗޮއިސް އޭޖެންޓަކަށް ވުމަށް އެދޭ ފޯމްފުރުމަށްފަހު 31 ޖެނުއަރީ 2022 14:00 ގެ ކުރިން އީމެއިލް ކުރަންވާނެއެވެ. ނުވަތަ އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް އަދި އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރު ކައުންޓަރަށް ހަވާލު ކުރެވިދާނެއެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސް އޭޖެންޓުންނާއި ބެހޭ އިތުރު މައުލޫމާތު ހޯއްދުމަށް ހޮޓްލައިން 1422 ނުވަތަ 7291124 އާއި ގުޅުން އެދެމެވެ

މިފަހަރު އެޗްޑީސީން ވިއްކުމަށް ހުޅުމާލެ ދެވަނަފިޔަވަހިން ހުޅުވާލާފައިވަނީ ބީޗް ފްރަންޓްގެ 26 ގޯއްޗާއި، ބީޗް ސައިޑުން 34 ގޯއްޗެވެ. އެއީ 1603.7 އަކަފޫޓާއި 2633.82 އަކަފޫޓާއި ދެމެދުގެ 60 ގޯއްޗެވެ.  

ބީލަން ހުށަހެޅޭ އެންމެ ދަށް އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އަކަފޫޓަކަށް 3500 އާއި 3900 އާއި ދެމެދުގެ އަދަދެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް