ads
ހުޅުމާލެ ފޭސް 2 ގެ ފްލެޓްތައް
ވިއްކަން އުޅޭ 60 ގޯތިން އެކަނި ވެސް 500 މިލިއަން ރުފިޔާ އެޗްޑީސީއަށް ވަންނާނެ!
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މާސްޓަ ޕްލޭން އެކުލަވާލުމުގައި ކަނޑައަޅާފައިވާ ގޮތުގެމަތީން ވިއްކުމަށް ހަމަޖެހިފައިވާ ގޯތި ތަކުގެ ތެރެއިން 60 ގޯތި އެކަނި ވިއްކުނު ނަމަވެސް ހުޅުމާލެ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ)އަށް 580 މިލިއަން ރުފިޔާ ލިބޭނެކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތަކުގެ މިހާރު ދިރިއުޅެމުންދާ މީހުން ކުލި ދެއްކުން އިތުރު ތިން މަސް ދުވަހަށް ސަރުކާރުން މާފުކޮށްދިންކަން އާދިއްތަ ދުވަހުގެ ރޭ ރައީސް ސާލިހު އިއުލާން ކުރައްވާފައި ވަނިކޮށް އެޗްޑީސީން އިއްޔެ ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން ދިރިއުޅުމަށް ގޯތި ވިއްކުމަށް ހުޅުވާލާފައެވެ. 

މިފަހަރު އެޗްޑީސީން ވިއްކުމަށް ހުޅުވާލާފައިވަނީ ބީޗް ފްރަންޓްގެ 26 ގޯއްޗާއި، ބީޗް ސައިޑުން 34 ގޯއްޗެވެ. އެއީ 1603.7 އަކަފޫޓާއި 2633.82 އަކަފޫޓާއި ދެމެދުގެ 60 ގޯއްޗެވެ. 

ބީލަން ހުށަހެޅޭ އެންމެ ދަށް އަގުގެ ގޮތުގައި އެޗްޑީސީން ކަނޑައަޅާފައިވަނީ "ބީޗް ސައިޑް" އިން އަކަފޫޓަކަށް 3،500 އަށް އަދި "ބީޗް ފްރަންޓް" އިން އަކަފޫޓަކަށް 3,900 ރުފިޔާ އަށެވެ. 

ބީޗު ސައިޑުން މިފަހަރު ހުޅުވާލަނީ އަކަފޫޓަކަށް 3500 މަގުން 34 ގޯތި ވިއްކުމަށެވެ. އެހެންކަމުން މި ރޭޓުން ބަލާއިރު ބީޗު ސައިޑުން ވިއްކުމަށް ހުޅުވާލާ 34 ގޯތި 1،603.7 އަކަފޫޓުގެ މަގުން 3،500 ރުފިޔާއަށް ވިއްކިއްޖެނަމަ، އެޗްޑީސީއަށް 190.7 މިލިޔަން ރުފިޔާ ލިބޭނެއެވެ. އަދި މި 34 ގޯތި 2633.82 އަކަފޫޓުގެ މަގުން ވިއްކިއްޖެ ނަމަ 313.3 މިލިއަން ރުފިޔާ އެޗްޑީސީއަށް ލިބޭނެއެވެ.

މީގެ އިތުރުން މިރޭޓުން ބަލާ އިރު ބީޗު ފްރަންޓުން ވިއްކުމަށް ހުޅުވާލާ 26 ގޯތި 1،603.7 އަކަފޫޓުގެ މަގުން 3،900 ރުފިޔާއަށް ވިއްކިއްޖެނަމަ، އެޗްޑީސީއަށް 162.5 މިލިޔަން ރުފިޔާ ލިބޭނެއެވެ. އަދި މި 26 ގޯތި 2633.82 އަކަފޫޓުގެ މަގުން ވިއްކިއްޖެނަމަ 267 މިލިއަން ރުފިޔާ އެޗްޑީސީއަށް ލިބޭނެއެވެ.

އެހެންކަމުން އެ ރޭޓުން ބަލާނަމަ މުޅި ޖުމްލަ 580 މިލިއަން ރުފިޔާ ހަމައެކަނި މިފަހަރު މިހުޅުވާލި 60 ގޯތިން ވެސް އެޗްޑީސީއަށް ލިބޭނެ އެވެ. 

މި ދެ ބާވަތުގެ ބިންތަކަށް ވެސް ހުށަހަޅާ ބީލަމުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައި ވަނީ 320،000 ރުފިޔާ އެވެ. ބީލަން ފޯމަކަށް 500 ރުފިޔާ ނަގާއިރު، އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި ކޮންމެ ފަރާތަކުން ހުށަހަޅާ އަގަށް ހަ އިންސައްތަ ޖީއެސްޓީ އިތުރުކުރެވޭނެއެވެ.

ދެ ވަނަ ފޭހުން ފުރަތަމަ ވިއްކި ބިމަށް ކަނޑައެޅި އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 3،000 ރުފިޔާއެވެ. ނަމަވެސް، ބިންތައް ވިކުނީ އެވްރެޖްކޮށް އަކަފޫޓަކަށް 4،800 ރުފިޔާ އަށެވެ. ބައެއް ގޯތިތައް އެއަށް ވުރެ މާ ބޮޑު އަގުގައި ވިކުނެވެ. އެ ފަހަރުވެސް އެޗުޑީސީއަށް ޖުމްލަ 433 މިލިއަން ރުފިޔާ ލިބުނެވެ.

އެޗްޑީސީން 60 ގޯތި ދޫކުރަން ހުޅުވާލާފައި މިވަނީ ހިޔާ ފްލެޓްތަކުގެ ކުލި ދެއްކުން އިތުރު ތިން މަސް ދުވަހަށް ސަރުކާރުން މާފުކޮށްދީފައިވަނިކޮށެވެ. ރައީސްގެ އެ ނިންމުމާއިއެކު އެޗްޑީސީން ބުނެފައިވަނީ ކުންފުނީގެ މާލީ ދަތިކަން ހައްލުކުރަން އެޗްޑީސީން މިހާރު ވެސް އޮތީ ބިން ވިއްކަން ޖެހޭ ހާލަތުގައި ކަމަށެވެ. 

ހުޅުމާލެ ދެވަނަ ފިޔަވަހީން 60 ބިން ދޫކުރަން ހުޅާވާލާފައިވަނީ އޭގެފަހުން މިއަދު އެވެ. 

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް