ads
އައިޝްވާރިޔާ އާއި އަބީޝޭކް---
އައިޝްވާރިޔާ އިނީ ދެވަނަ ދަރިފުޅަށް ބަލިވެ؟
ބޮލީވުޑްގެ މަޝްހޫރު ބަތަލާ އައިޝްވާރިޔާ ރާއީ ބައްޗަން އާއި އޭނާގެ ފިރިމީހާ އަބީޝޭކް ބައްޗަނަށް ދެވަނަ ދަރިއަކު ލިބެން އުޅޭ ކަމުގެ އިޝާރާތެއް އަބީޝޭކް ކޮށްފިއެވެ.

ދާދި ފަހުން އަބީޝޭކް ކުރި ޓުވީޓެއްގައި އޭނާ ވަނީ ސަޕޯޓަރުންނަށް ސަޕްރައިޒެއް އޮތްކަމަށް ބުނެފައެވެ. އެޓުވީޓާއެކު ގިނަ ބަޔަކު ވަނީ އައިޝްވާރިޔާ ދެވަނަ ދަރިފުޅަށް ބަލިވެ އިންތޯ ސުވާލުކޮށްފައެވެ. 

އަނެއް ބަޔަކު ވަނީ އަބީޝޭކްގެ ކުރިއަށް އޮތް ފިލްމު އިއުލާނު ކުރަން އުޅެނީތޯ ވެސް ސުވާލުކޮށްފައެވެ. ގިނަ ބަޔަކު މިހާރު ތިބީ އެސުވާލުތަކަށް އަބީޝޭކް ޖަވާބުދޭނެ އިރެއްގެ އިންތިޒާރުގައެވެ.

މީގެ ކުރިން އައިޝްވާރިޔާ ބަނޑުބޮޑުކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. އޭރު އެއަޑުތައް ފެތުރިފައިވަނީ ގޮއޯ އަށް އެދެމީހުން ގޮސްއުޅެނިކޮށް ބަޔަކު ނަގާފައިވާ ފޮޓޯތަކެއްގެ ސަބަބުންނެވެ. އެފޮޓޯއިން އައިޝްވާރިޔާ ހީވަނީ ބަނޑުބޮޑުހެންނެވެ. 

އެފޮޓޯއިން އައިޝްވާރިޔާ ބަނޑުބޮޑުކަމަށް މީހުނަށް ހީވަނީ ފޮޓޯ ނަގާފައި އިން އޭންގަލްގެ ސަބަބުން އައިޝްވާރިޔާގެ ސްޕޯކްސްޕާސަން ވަނީ ބުނެފައެވެ.

އުމުރުން 46 އަހަރު އައިޝްވާރްޔާ އާއި އުމުރުން 43 އަހަރުގެ އަބީޝޭކު ކައިވެނި ކުރީ 2007 ވަނަ އަހަރުއެވެ. އެދެމީހުނަށް ފުރަތަމަ ދަރިފުޅު ލިބިފައިވަނީ 2011 ވަނަ އަހަރުއެވެ. އެމީހުންނަށް އެފަހަރު ލިބިފައިވަނީ އަންހެން ކުއްޖެކެވެ. 

61%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް