ads
އަލަށް ފަށަން ހަމަޖެހިފައިވާ ފެނާއި ނަރުދަމާގެ ކޮންޓްރެކްޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތު
ފެނާއި ނަރުދަމާގެ މަސައްކަތުގެ 70 އިންސައްތަ ފެނަކައަށް
ފެނާއި ނަރުދަމާގެ ހިދުމަތްތައް ގާއިމްކުރެވިފައި ނެތް ރަށްރަށުގައި ހިދުމަތް ގާއިމްކުރުމުގެ މަސައްކަތް މިއަދު ކޮންޓްރެކްޓަރުންނާ ޙަވާލުކުރެވިގެން ދިޔައިރު އޭގެ ތެރެއިން 70 އިންސައްތަ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލު ކޮށްފިއެވެ.

ފެނަކައިން ބުނީ މިއީ ހުރިހާ ފަރާތްތަކުން ވެސް، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ދާއިރާގައި ފެނަކައިގެ ޙިއްސާ ބަލައިގަނެ، ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ކުންފުންޏަށް ލިބިފައި ވާކަމުގެ ހެއްކެއް ކަމަށް ފެނަކައިން ގަބޫލު ކުރާ ކަމަށެވެ. 

މިއީ ފެނަކައިގެ ތާރީޚުގައި މިހާތަނަށް ޙަވާލުވި އެންމެ ބޮޑު މަޝްރޫޢު ކަމުގައި މި މަޝްރޫއު ވެގެން ގޮސްފައި ވާއިރު، ފުރިހަމަގޮތުގައި އަވަސްކަމާއެކު މަސައްކަތް ނިންމައި، މިދާއިރާއިން ނަމޫނާ ދެއްކުމަށް ފެނަކަ އޮތީ ސާބިތުކަމާއެކު ތައްޔާރު ވެފައިކަމަށް އެ ކުންފުނިން ބުނެއެވެ. 

600 މިލިއަން ރުފިޔާ އަށް ވުރެ އަގު ބޮޑު މިމަޝްރޫޢު ކަނޑައަޅައި އެއްބަސްވެފައިވާ ތާރީޚަށްވުރެ ކުރިން ނިންމައި، ފެނާއި ނަރުދަމާގެ ޒަމާނީ ނަމޫނާ ނިޒާމްތަކެއް ވުޖޫދު ކުރުމަށް ފެނަކައިން ވަނީ އަމާޒު ހިފާފައި ކަމަށްވެސް އެކުންފުނިން ބުނެއެވެ.

ރާއްޖޭގެ އެންމެ ގިނަ ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމުތައް ހިންގައި ބަލަހައްޓަމުންދާ ކުންފުންޏަށް ފެނާއި ނަރުދަމާގެ ނިޒާމުތަކެއް ގާއިމް ކުރުމަށް ލިބިގެން ދިއުމަކީ، އަލަށް ގާއިމްކުރެވޭ ނިޒާމްތަކުން، ޒަމާނީ ފަންނުވެރި ކަމުގެ އީޖާދީ ވިސްނުމާއެކު އައު ހަރުފަތަކަށް ޚިދުމަތް ފުޅާކޮށް، ދެމެހެއްޓެނިވި ހިދުމަތްތަކެއް ކަށަވަރު ކުރުމަށް އެޅިގެން ދިޔަ ހަރުދަނާ ބިންގަލެކަމަށް ފެނަކައިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް